ކެނެޑާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ އަސަރު އެމެރިކާގެ 17 ސްޓޭޓަކަށް ކޮށްފި

ކެނެޑާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ އަސަރު އެމެރިކާގެ 17 ސްޓޭޓަކަށް ކޮށްފި

ކެނެޑާގެ ޖަންގަލިތަކުގައި ރޯވެފައިވާ ވަރުގަދަ އަލިފާންގަނޑުތަކުގެ ސަބަބުން އުފެދިފައިވާ ނުރައްކާތެރި ދުމުގެ އަސަރު އެމެރިކާގެ 17 އަށްވުރެ ގިނަ ސްޓޭޓަށް ކޮށްފިއެވެ.

މިކަމާ ގުޅިގެން އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ވަނީ ވައިގެ ފެންވަރު ދަށްވުމުގެ ސަބަބުން ސިއްހީ ނުރައްކަލުގެ އިންޒާރު ނެރެފައެވެ. ކެނެޑާގައި މިވަގުތު 180 އަށްވުރެ ގިނަ ޖަންގަލީގެ އަލިފާން ރޯވެފައިވާއިރު، އޭގެ ދުންތައް ވަނީ އެތައް ހާސް މޭލެއް ދުރަށް ދަތުރުކޮށް، ނިއުޔޯކް ފަދަ ބޮޑެތި ސިޓީތަކާ ހަމައަށް ފޯރާފައެވެ.

ސިއްހީ މާހިރުން ވަނީ މި ދުމުގެ ސަބަބުން ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުންނާއި، ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުން ބޭރަށް ނުކުމެ ނޫޅުމަށް އިރުޝާދު ދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *