އަނބިމީހާ އާއި ލޯބިވެރިޔާ ރާވައިގެން ބަނގުރަލަށް ނިދާ ބޭސް އަޅާފައި ދީގެން ފިރިމީހާ މަރާލައިފި

އަނބިމީހާ އާއި ލޯބިވެރިޔާ ރާވައިގެން ބަނގުރަލަށް ނިދާ ބޭސް އަޅާފައި ދީގެން ފިރިމީހާ މަރާލައިފި

އިންޑިއާގެ އުއްތަރުޕްރަދޭޝްގެ ބާޣްޕަތް ގައި ހިނގި ބިރުވެރި ހާދިސާއެއްގައި، އުމުރުން 44 އަހަރުގެ ދަނޑުވެރިއަކު މަރާލި މައްސަލައެއްގައި އޭނާގެ އަނބިމީހާ އާއި ލޯބިވެރިޔާ ހައްޔަރުކޮށްފިއެވެ.

ޕްރަމޯދު ކުމާރު ނަމަކަށް ކިޔާ މި މީހާ މަރާލާފައިވަނީ އޮކްޓޯބަރު 18 ވަނަ ދުވަހުއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ރޭވުން ރާވާފައިވަނީ ޕްރަމޯދުގެ އަނބިމީހާ އޫރްމިލާ އާއި، އެ ސަރަހައްދުގައި މަސައްކަތްކުރާ މެކޭނިކެއް ކަމަށްވާ ސިކަންދަރެވެ. މިދެމީހުންގެ މެދުގައި 2024 ވަނަ އަހަރުން ފެށިގެން ލޯބީގެ ގުޅުމެއް އޮންނަ ކަމަށާއި، ޕްރަމޯދަށް މި ގުޅުމުގެ ވާހަކަ އެނގުމުން މިފަދަ ނުރައްކާތެރި ރޭވުމެއް ރޭވީ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނިގޮތުގައި، ހާދިސާ ހިނގި ރޭ ސިކަންދަރު ވަނީ ޕްރަމޯދަށް ދިން ބަނގުރަލެއްގެ ތެރެއަށް ނިދާ ބޭސް އަޅާފައެވެ. ޕްރަމޯދަށް މަސްތުވެ ބަލިކަށިވުމުން، ސިކަންދަރު ވަނީ ފުޅިއަކުން އޭނާގެ ބޮލަށް ތަޅައި، އަނިޔާކޮށްފައެވެ. ޕްރަމޯދު މަރުވުމުން ގާތގަނޑަކަށް 20-25 ފޫޓު ދުރުގައި އޮތް ދަނޑަކަށް ހަށިގަނޑު ވަނީ އެއްލާލާފައެވެ. އޭގެފަހުން އޭނާ ގޮސްފައިވަނީ 'ރާމްލީލާ' ޝޯއެއް ބަލާށެވެ.

މި މައްސަލައިގައި އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ޖަރީމާ ހިނގަމުންދިޔަ ވަގުތު އޫރްމިލާ އާއި ސިކަންދަރާ ދެމެދު ދެކެވުނު ވާހަކަތަކެވެ. ފުލުހުން ބުނާގޮތުން، ޕްރަމޯދަށް ހަމަލދެމުންދިޔަ ވަގުތު އޫރްމިލާ ދިޔައީ ވަޓްސްއެޕް މެދުވެރިކޮށް ސިކަންދަރަށް ގުޅައި، ކަންތައް ވީގޮތުގެ އަޕްޑޭޓްތައް ހޯދަމުންނެވެ. އަދި ފިރިމީހާ މަރާލެވުނުކަން ޔަގީންވަންދެން މެސެޖު ކުރަމުން ގެންގޮސްފައިވެއެވެ.

ފުލުހުން ވަނީ މި މައްސަލައިގެ ހެކީގެ ގޮތުގައި އެ ދެމީހުންގެ ޗެޓްލޮގްތަކާއި ޑިޖިޓަލް ހެކިތައް ހޯދާފައެވެ. މިހާރު ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *