15 އަހަރު ވަންދެން ގުދަނުގައި ހުރި ޕޮކެމޯން ކާޑުތަކެއް ވިއްކާލައިގެން މިލިއަނަރަކަށް ވެއްޖެ

15 އަހަރު ވަންދެން ގުދަނުގައި ހުރި ޕޮކެމޯން ކާޑުތަކެއް ވިއްކާލައިގެން މިލިއަނަރަކަށް ވެއްޖެ

ގޭގެ ގުދަނުގައި 15 އަހަރަށްވުރެ ގިނަ ދުވަހު ބަހައްޓާފައި ހުރި ޕޮކެމޯން ކާޑުތަކެއްގެ ކަލެކްޝަން ނީލަމުގައި ވިއްކާލައިގެން ޔޫކޭގެ މީހަކު މިލިއަނަރަކަށް ވެއްޖެއެވެ.

ނަން ހާމަކުރަން ބޭނުންނުވާ މި މީހާއަށް، އޭނާގެ ގޭގައި ހުރި މި ކަލެކްޝަންގެ އަގު މިހާ ބޮޑުކަމެއް ކުރިން އެއްގޮތަކަށްވެސް އެނގިފައެއް ނެތެވެ. ނަމަވެސް، އެކަހަލަ އެންމެ ޕޮކެމޯން ކާޑެއް 6,000 ޕައުންޑަށްވުރެ ބޮޑު އަގެއްގައި ވިިއްކާލެވޭނެ ކަމަށް ނޫހެއްގައި ލިޔެފައި އޮތް ލިޔުމެއް ފެނުމުން، އޭނާ ވަނީ މި ކާޑުތައް ހޯދިއެވެ. މިކާޑުތައް ވިއްކާލައިގެން 1.56 މިލިއަން ޑޮލަރު އޭނާއަށް ވަނީ ލިބިފައެވެ.

ނީލަން ކިޔާ ފަރާތްތަކުން ލަފާކޮށްފައި އޮތީ މި ކާޑުތައް ގާތގަނޑަކަށް 270,000 ޕައުންޑަށް ވިިއްކިދާނެ ކަމަށެވެ. ނަމަވެސް ޔޫޓިއުބަރުންނާއި، ކަލެކްޓަރުން އަދި އިންވެސްޓަރުން މި ނީލަމުގައި ވާދަކޮށް، ބައެއް ކާޑުތައް އެކަނިވެސް 100,000 ޕައުންޑަށްވުރެ މައްޗަށް ބިޑުކުރިއެވެ. މިކަމުގެ ސަބަބުން ނީލަމުގެ އަގު އަންދާޒާކުރިވަރަށްވުރެ އެތައް ގުނައެއް މައްޗަށް ގޮސްފައިވެއެވެ.

މި ކާޑުތަކަކީ އޭނާގެ ދަރިފުޅު ޕޮކެމޯނަށް ޝައުގުވެރިކަން ގެއްލުމުން، ކުރިން ގަނެފައިވާ އެއްޗެކެވެ. އޮރިޖިނަލް ސީލްގައި ރައްކާތެރިކަމާއެކު ބަހައްޓާފައި ހުރި މި ކާޑުތައް ފެނުމުން އުފާވެރި ހައިރާންކަމެއް ލިބިފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *