ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ މިމަހުގެ 20 އިން 22 ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ދައުވަތަކަށް އެ ޤައުމަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީއާއި ބޮޑުވަޒީރު ޝެހެބާޒް ޝަރީފް އިތުރުން އެ ޤައުމުގެ އިސްވެރިންނާއި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވާފައެވެ. ދެ ޤައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް މި ދަތުރުފުޅުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވެއެވެ. އަދި 20 ދައިރާއަކުން ދެ ޤައުމުގެ ދެމެދު ފަހުމުނާމާގައިވަނީ ސޮއިކޮށްފައެވެ.
މީގެ އިތުރުން ޕާކިސްތާނުގައި ކުރިއަށްދިޔަ 11 ވަނަ އިންވެސްޓް މޯލްޑިވްސް ބިޒްނަސް ފޯރަމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ފޯރަމް ވެގެން ދިޔައީ މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު އެއް ފަރޯމަށް ކަމަށް ސަރުކާރުން ވިދާޅުވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފޯރަމުގައި ތަޤުރީރު ކުރައްވާފައެވެ. އެގޮތުން އިންވެސްޓްމެންޓާއި، ވިޔަފާރި އަދި އިޤްތިޞާދީ ގުޅުން ބަދަހި ކުރެވޭނެ ދައިރާތަކަށް އެމަނިކުފާނު ތަޤުރީރުގައިވަނީ އަލިއަޅުވާލައްވާފައެވެ.
އެމަނިކުފާނު ދަތަރުފުޅުގެ ތެރެއިން، ރާއްޖެއާއި ޕާކިސްތާނުގެ ވިޔަފާރީ މުޢާމަލާތްތައް 200 މިިލިޔަން ޑޮލަރަށް މަތިކުރުމަށް ދެ ޤައުމުން ވަނީ އެއްބަސްވެފައެވެ.






