ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި މިހާރުވެސް ފުޓްބޯޅަ ކޯޗެއްގެ ގޮތުގައި މަޝްހޫރު ލިރުޣާމް ސައީދު (ލަރޭ) އިސްވެހުރެ ހިންގަމުންދާ، ސޮކަރ އެކަޑަމީ އޮފް ކުނަހަންދޫ އިން އިންތިޒާމު ކޮށްގެން، ލ. ކުނަހަންދޫގައި އަންހެނުންގެ ވޮލީ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
ސޮކަރ އެކަޑަމީން މައުލޫމާތު ދިންގޮތުގައި ކުހަންދޫގައި ފަށާ އަންހެނުންގެ ވޮލީ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މިއީ ކުނަހަންދޫ އަންހެން ވޮލީ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ.
މިއީ އަންހެން ވޮލީ ކުޅުންތެރިންގެ މެދުގައި ވޮލީއަށް އިތުރު ޝައުގުވެރިކަން އުފައްދައި، ވާދަވެރި ރޫޙެއްގައި ވޮލީގެ ފޯރި ގަދަކުރުމަށް ބާއްވާ މުބާރާތެކެވެ.
މި މުބާރާތުގައި ހަތަރު ޓީމު ވާދަކުރާނެއެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާގެ އިނާމެއް ލިބޭއިރު، ދެވަނަ ޓީމަށް 1500 ރުފިޔާ ލިބޭނެއެވެ.
ކުނަހަންދޫއަކީ ފުޓްބޯޅަ އާއި ވޮލީގެ އިތުރުންވެސް ބަޔެއް އެހެން ކުޅިވަރުތަކުގައިވެސް ފޯރިގަދަ ރަށެކެވެ. އަދި ކުޅިވަރުގައި މުޅި ލ. އަތޮޅުންވެސް ފާހަގަ ކޮށްލެވޭ ރަށެކެވެ.






