ގްރޫޕް ހަދައިގެން އަންހެނަކު ރޭޕްކޮށް، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި 9 މީހަކު ހައްޔަރުކޮށްފިއެވެ.
މިއީ މިދިޔަ ހޯމަ ދުވަހު ރިޕޯޓް ކުރި މި މައްސަލައިގައި 22 އަަހަރުގެ ދިވެހި އަންހެނަކަށް ގްރޫޕަކުން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެކަކު އެދުވަހު ވަނީ ހައްޔަރު ކޮށްފައެވެ. ފުލުހުން ދެންމެ ބުނީ، މި މައްސަލައިގައި މިހާތަނަށް ނުވަ ދިވެހި ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން، އެ މައްސަލައިގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއްވެސް ހާދިސާ ހިނގައިގެން އުޅޭ ރަށަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކުޑަކުދިންތަކަށްވެސް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްވެސް ފެންމަތިވީ، އެ އަންހެން މީހާއަށް ގްރޫޕަކުން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ތެރެއިންނެވެ.
މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.






