ރޮނާލްޑޯވެސް މޮޅު، އެކަމަކު މެސީގެ ވިސްނުމާއި، ޕާސް ކުރުމުގެ ހުނަރަކީ ކޮންމެ އިންސާނަކަށް ކުރެވޭނެ ކަމެއް ނޫން: ގެރީ ލިންކާ

ރޮނާލްޑޯވެސް މޮޅު، އެކަމަކު މެސީގެ ވިސްނުމާއި، ޕާސް ކުރުމުގެ ހުނަރަކީ ކޮންމެ އިންސާނަކަށް ކުރެވޭނެ ކަމެއް ނޫން: ގެރީ ލިންކާ

ފުޓްބޯޅައިގެ ދުނިޔޭގައި އަބަދުވެސް ދެކެވޭ އެންމެ ބޮޑު އެއް ވާހަކައަކީ ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ތެރެއިން މޮޅީ ކާކުތޯ އުފެދޭ ސުވާލެވެ. މި ބަހުސްގައި އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ، ގެރީ ލިންކާގެ ޚިޔާލުތަކަކީ އަބަދުވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭ ކަންކަމެވެ.

އެންމެ ފަހުން ދިން އިންޓަވިއުއެއްގައި ލިންކާ ވަނީ، މެސީ އަކީ ރޮނާލްޑޯއަށް ވުރެ ހުނަރުވެރި ކުޅުންތެރިއެއް ކަމަށް ބުނާ ބުނުމަކީ ރޮނާލްޑޯއަށް ކުރާ މަލާމާތެއް ނޫން ކަމަށް ބުނެފަ އެވެ. "ދަ ލުއިސް ތެރޫ ޕޮޑްކާސްޓް" ގައި ވާހަކަ ދައްކަމުން ލިންކާ ބުނީ، މެސީގެ ކުޅުމަކީ ފުޓްބޯޅައިގެ ހަގީގަތެއް ކަމަށާއި، އޭނާގެ ހުނަރަކީ އެހެން ފެންވަރެއްގެ އެއްޗެއް ކަމަށެވެ.

ލިންކާ އިތުރަށް ބުނީ ރޮނާލްޑޯ އަކީވެސް ފުޓްބޯޅައިގެ ތާރީޚުގައި އުފެދުނު ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށެވެ. ނަމަވެސް މެސީގެ ވިސްނުމާއި، ޕާސް ކުރުމުގެ ހުނަރަކީ އިންސާނަކަށް ކުރެވޭނެ ކަމެއް ކަމާމެދުވެސް ސުވާލު އުފެދޭ ވަރުގެ ކަމެއް ކަމަށް އޭނާ ސިފަކުރި އެވެ.

"ރޮނާލްޑޯއަށް ވުރެ މެސީ މޮޅު ކަމަށް ބުނުމަކީ ރޮނާލްޑޯއަށް ކުރާ އިހުތިރާމު ކުޑަކުރުމެއް ނޫން،" ލިންކާ ބުންޏެވެ.

ނަމަވެސް މި ވާހަކަތަކުގެ ސަބަބުން ލިންކާ އާއި ރޮނާލްޑޯގެ ދެމެދުގައި އޮތް ގުޅުމަށް ބުރުލެއް އަރާފައިވާކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ. ކުރިން ގާތް ގުޅުމެއް ބޭއްވި ނަމަވެސް، މެސީއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ލިންކާ ތަކުރާރުކޮށް ބުނަމުން ދިއުމުން ރޮނާލްޑޯ އެކަމާ ހިތްހަމަނުޖެހި، މިހާރު ވާހަކަވެސް ނުދައްކާ ކަމަށް ލިންކާ ބުންޏެވެ.

މި ދެ ތަރިންވެސް މިހާރު ތިބީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފޯކަސް ކޮށްގެންނެވެ. މެސީ އޭނާގެ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީ ހޯދާފައިވާއިރު، ރޮނާލްޑޯ މަސައްކަތް ކުރަމުން ދަނީ އޭނާގެ ޝަރަފުވެރި ކެރިއަރުގައި ހާސިލްނުކުރެވި އޮތް ވޯލްޑް ކަޕް ތަށި ހޯދުމަށެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *