ސުނިލް ޗެތުރީ އަނެއްކާވެސް ގައުމީ ޓީމަށް، ރާއްޖެއާ ދެކޮޅަށް ނުކުންނަނީ

ސުނިލް ޗެތުރީ އަނެއްކާވެސް ގައުމީ ޓީމަށް، ރާއްޖެއާ ދެކޮޅަށް ނުކުންނަނީ

ގައުމީ ޓީމުން ރިޓަޔާރ ކޮށްފައިވާ އިންޑިޔާގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އުމުރުން 40 އަހަރުގެ ސުނިލް ޗެތްރީ އަނެއްކާވެސް އެނބުރި ގައުމީ ޓީމާ ގުޅިއްޖެއެވެ.

ގައުމީ ޓީމަށް މެދުނުކެނޑި 19 އަހަރު ކުޅުމަށްފަހު، ޗެތްރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނު ކުރީ ހުސްވި އަހަރުއެވެ. ނަމަވެސް އިންޑިޔާގައި މިހާތަނަށް އުފެދުނު އެންމެމޮޅު އެއްކުޅުންތެރިޔާ ކަމަށްވާ ޗެތްރީ މިހާރު ވަނީ އޭޝިއަން ކަޕް ކޮލިފައިންގައި އިންޑިޔާ ކުޅެން އޮތް މެޗު ތަކުގައި ގައުމީ ޓީމުގެ ސްކޮޑުން ޖާގަ ދީފައެވެ.

އެގޮތުން މިމަހުގެ 19 ވަނަ ދުވަހު ޗެތްރީ އިންޑިޔާގެ ގައުމީ ޓީމާއެކު ނުކުންނާނީ ދިވެހިރާއްޖެއާ ދެކޮޅަށެވެ. އެއަށްފަހު ބަންގްލަދޭޝްއާ ދެކޮޅަށް އިންޑިޔާ ކުޅޭ މެޗުގައިވެސް ޗެތްރީ ކުޅޭނެއެވެ.

އިންޑިޔާގެ ގައުމީ ޓީމުގެ ކޯޗު މަނޯލޯ މާކުއޭޒް ބުނީ، ޗެތްރީ ގައުމީ ޓީމަށް ނެގީ، އޭނާއާއެކު ކުރި މަޝްވަރާ ތަކަށްފަހު ޗެތްރީ ކުޅެން އެއްބަސްވުމުން ކަމަށެވެ. ޗެތްރީ އަލުން ޓީމަށް ގެންނަން އިންޑިޔާއިން ބޭނުންވީ އޭޝިޔަން ކަޕަށް ކޮލިފައިވާން ބޭނުންވާތީ މިހާރަށްވުރެ ޓީމު ވަރުގަދަ ކުރަން ބޭނުންވާތީ ކަމަށްވެސް ކޯޗު ބުންޏެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލައިގެން ހުރި ނަމަވެސް ޗެތްރީ އަންނަނީ އިންޑިޔަން ސުޕަ ލީގުގައި ކުޅެމުންނެވެ. އޭނާ ކުޅެނީ ބެންގަލޫރު އެފްސީއަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *