ފުރަތަމަ ރޯދަ: ކަރަންޓު ބޭނުންކުރި މިންވަރު ދަށަށް

ފުރަތަމަ ރޯދަ: ކަރަންޓު ބޭނުންކުރި މިންވަރު ދަށަށް

މި އަހަރުގެ ރަމަޞާން މަހުގެ ފުރަތަމަ ދުވަހު މާލެ ސިޓީގައި ކަރަންޓު ބޭނުންކުރި މިންވަރު ދަށަށް ގޮސްފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެކްކޯއިން އެކުންފުނީގެ އެކްސްގައި ބުނީ، ފުރަތަމަ ރޯދައިގައި ކަރަންޓް ބޭނުންކުރި މިންވަރު ދަށްވެފައިވަނީ ވިއްސާރަ ދުވަހަކަށް ވުމުގެ އިތުރުން ސްކޫލުތަކާއި އޮފީސްތައްވެސް އެދުވަހު ބަންދު ވުމުގެ ސަބަބުން ކަމަށެވެ.

"އެންމެ ޕީކްގައި 78 މެގަވޮޓް ހޮނިހިރު ދުވަހު ބޭނުން ކޮށްފައިވާއިރު، ރޯދަމަހުގެ ކުރިން ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރާ މިންވަރު އެވްރެޖުކޮށް ހުރީ 100 މެގަވޮޓްއިން މަތީގައި،" ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯއިން ބުނީ، ފެބްރުއަރީ މަހުގެ ބިލް ފޮނުވާފައިވާނީ 20 ވަނަ ދުވަހު ކަމަށާއި ނަމަވެސް އެ މަހު އަދި އެހެން ބިލެއް ކަސްޓަމަރުންނަށް ދާނެ ކަމަށެވެ. އެއީ 20 ވަނަ ދުވަހުން 27 ވަނަ ދުވަހަށް ހަދާ ބިލެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެ ބިލު އެގޮތަށް ހަދަނީ ރޯދަ މަހަށް ހާއްސަކޮށް ވަކި ބިލެއް ހެދުމަށް ކަމަށާއި ނަމަވެސް ފެބްރުއަރީގައި ދެން ދޭ ބިލަށް ފައިސާ ދައްކަންޖެހޭ މުއްދަތު އެހެން ބިލުތަކަށްވުރެ އިތުރުވާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ސަރުކާރުން ބުނެފައި ވަނީ ރޯދަމަހު ކަރަންޓު ބިލަށް 10 ޕަސެންޓްގެ ޑިސްކައުންޓެއް ދޭނެ ކަމަަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *