މީރާގެ ބޯޑަށް އައްޔަން ކުރަން ހަތަރު ނަމެން ރައީސް ފޮނުއްވައިފި

މީރާގެ ބޯޑަށް އައްޔަން ކުރަން ހަތަރު ނަމެން ރައީސް ފޮނުއްވައިފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރޮޓީ (މީރާ)ގެ ބޯޑަށް މެންބަރަކު އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަތަރު ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބޭފުޅުންގެ ތެރެއިން މީރާގެ ބޯޑަށް މެންބަރަކު އައްޔަން ކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ފޮނުއްވި ސިޓީފުޅު، މަޖިލީހުގެ އަމީން އާއްމު މަޖިލިސް ތަޅުމަށް އިއްވެވުމުން، އެ މައްސަލަ ދިރާސާ ކުރުމަށް އިގްތިސާދީ ކޮމިޓީއަށް ފޮނުއްވިކަން ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ އިއުލާން ކުރެއްވިއެވެ.

މީރާގެ ބޯޑަށް މެންބަރަކު އައްޔަން ކުރުމަށްޓަކައި އެކަމަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ލިސްޓެއް، ރައީސް އިސްކަންދެއްވާ ތަރުތީބުން ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ.

ރައީސް ފޮނުއްވި ލިސްޓު ތަރުތީބުން:

ދަހާ ޝުއެއިބު ހ. ކެރީބިއަން

އަހްމަދު ފާއިޒް މުހައްމަދު އަސްރަފީ ހިޔާ ލ. މާވަށް

އަބްދުﷲ އިމްރާން މާލަމް ރ. ހުޅުދުއްފާރު

މަހްބޫބު ސަލީމް ޝަބްނަމްގެ ކ. ކާށިދޫ

އައިމިނަތު އާފިޔާ ދަފްތަރު ނަމްބަރު 13462

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *