ސިނގިރޭޓާއި ބިޑިން ނަގާ ޓެކްސް އާއި ޑިއުޓީ ބޮޑުކުރަން ނިންމައިފި

ސިނގިރޭޓާއި ބިޑިން ނަގާ ޓެކްސް އާއި ޑިއުޓީ ބޮޑުކުރަން ނިންމައިފި

ސިނގެރޭޓާއި ބިޑީގެ ޑިއުޓީ ރޭޓް 8 ރުފިޔާއަށް ބޮޑު ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިގޮތަށް ނިންމެވިކަން އެ މަނިކުފާނު އިއުލާނު ކުރެއްވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި އެ މަނިކުފާނު ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން އިތުރު ބައެއް ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

ސިގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް އަންނަ ނޮވެމްބަރު މަހުގެ 1 ން ފެށިގެން ބޮޑު ކުރުމަށް ޤާނޫނަށް އިސްލާހު ގެނައުމަށް މި ހަފުތާގައި މަޖިލީހަށް ފޮނުއްވަން ނިންމަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޤާނޫނަށް ގެންނަން ރައީސް ޑރ. މުއިއްޒު ނިންމާފައިވާ އިސްލާހުތައް:

  1. އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓަރު 24 ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް މަތިކުރުން.
  2. މި މުދަލުން ނެގޭ އެޑްވެލޮރަމް ރޭޓް 50 އިން ސައްތަ މަތިކުރުން

މީގެ އިތުރުން އާއްމު ތަންތާނގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާ ތަކުގެ ދައުރު ވަރުގަދަ ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު، ދުންފަތުގެ އިސްތިއުމާލު ކުރަން އާދަވެފައިވާ ފަރާތްތައް އެ އާދައިން ދުރުވެގަތުމަށް އެހީތެރިވުމަށް ގައުމީ ލެވެލްގައި، ފަންނީ ގޮތުން ބަލައިގަންނަ، ވަށާޖެހޭ، ބޮޑު ކެންޕޭނެއް ފެށުމަށް ނިންމަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ މުޖުތަމައަކަށް އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމަށް އަޅުގަނޑު އެދެން،" ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *