ފުއާދުގެ ބަދަލުގައި އީސީއަށް ހަސީބު އައްޔަން ކުރުމަށް މަޖިލީހަށް ފޮނުވައިފި

ފުއާދުގެ ބަދަލުގައި އީސީއަށް ހަސީބު އައްޔަން ކުރުމަށް މަޖިލީހަށް ފޮނުވައިފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ކަމުގައި ހުންނެވި ފުއާދު ތައުފީގުގެ މެންބަރު ކަމުގެ މުއްދަތު ހަމަވާތީ، ފުއާދުގެ ބަދަލުގައި އީސީގެ މެންބަރުކަމަށް އަބްދުލް ހަސީބު އިސްމާއީލް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރއިްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ.

އީސީގެ ރައީސް ފުވާދު ތައުފީގުގެ ދައުރު ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހަށެވެ. އެ ކޮމިޝަންގެ މެންބަރަކަށް ބޭފުޅަކު އައްޔަން ކުރައްވާނީ އެކަމަށް އެދިހުށައަޅާ މީހުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާ ނަން މަޖިލީހުން ފާސް ކުރެއްވުމަށްފަހުއެވެ.

އީސީގެ މެންބަރަކަށްވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިދިޔަ މަހުގެ 12ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލިއެވެ. އެ ފުރުސަތުގައި ކުރިމަތިލި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވައިގެން ހަސީބުގެ ނަން މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

ހަސީބުގެ ނަން މަޖިލިސް ތަޅުމަށް އިއްވުމުން އެނަން ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާ ތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

އީސީގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު މިހާރު އަދާކުރައްވަމުން ގެންދަވާ ހަސީބު ވަނީ މީގެކުރިން މާލީ ވުޒާރާ އާއި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އިސް މަގާމުތަ ކެއްވެސް ފުރުއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *