ކުޑަކުއްޖަކާއެކު ޖިންސީ ގުޅުން ހިންގި މީހަކު 18 އަހަރަށް ޖަލަށް ހުކުމް ކޮށްފި

ކުޑަކުއްޖަކާއެކު ޖިންސީ ގުޅުން ހިންގި މީހަކު 18 އަހަރަށް ޖަލަށް ހުކުމް ކޮށްފި

ކުޑަކުއްޖަކާއެކު ޖިންސީ ގުޅުން ހިންގި މީހަކު 18 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްކުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކޯޓުން ހުކުމް ކޮށްފައި ވަނީ ނާޒިމް އިބްރާހީމް ކިޔާ މިހެއްގެ މައްޗަށެވެ. ހުކުމްގައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލު ތަކަކަށް އަމަލު ކުރުމުގެ ޤާނޫނު ގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން، ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުން ނާޒިމް އިބްރާހީމް ކުށްވެރި ވެއްޖެ ކަމަށް ކަނޑައަޅާ ކަމަށެވެ.

އަދި މި ކުށުގެ އުޤޫބާތެއްގެ ގޮތުން، ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލު ތަކަކަށް ޢަމަލު ކުރުމުގެ  ޤާނޫނުގެ 9 ވަނަ މާއްދާގެ (ށ) ގެ ދަށުން،  18 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ހުކުމް ކުރާ ކަމަށްވެސް ކުރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *