ރާއްޖެއަށް 2 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ޕާކިސްތާނު މީހާގެ ބަންދަށް ކުރިމިނަލް ކޯޓުން 20 ދުވަހުގެ މުއްދަތެއް ކުރިމިނަލް ކޯޓުން ޖަހައިފިއެވެ.
ރާއްޖެ އައިއިރު ގެނައި ލަގެޖުން ދެ ކިލޯއަށްވުރެ ގިނަ ހެރޮއިން ފެނުނު މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޕާކިސްތާނުގެ މޮލްވި މުހައްމަދު ހާރޫން (49 އ) ކިޔާ މީހެކެވެ.
ބަންދުގެ މުއްދަތަށް އިތުރު 20 ދުވަސް ޖެހުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރުގައި ވަނީ، އޭނާއަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި، ޕީޖީ އޮފީހަށް ހުށަހަަޅާފައިވާ ކަމަށް ދައުލަތުން ބުނެފައިވާ ކަމަށެވެ. އަދި އަންނަ ހަފުތާގައި އޭނާގެ މައްޗަށް ކޯޓުގައި ދައުވާކުރަން ހުށަހެޅޭނެ ކަމަށް ބެލެވޭ ކަމަށް ދައުލަތުން ފާހަގަ ކޮށްފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.