މާލޭގައި ޕާކު ކޮށްފައިވާ ސަކަލުތަކެއް

ކިންގްސްޓަން ސްކޭމް: ފުރުން މަނާކޮށް އާތިފްގެ ޕާސްޕޯޓް ހިފަހައްޓައިފި

ކިންގްސްޓަން ސްކޭމް: ފުރުން މަނާކޮށް އާތިފްގެ ޕާސްޕޯޓް ހިފަހައްޓައިފި

ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސައިކަލު ވިއްކާ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ މައްސަލައިގައި އެ ކުންފުނީގެ އެމްޑީ އަހުމަދު އާތިފް ހަސަންގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

ފުލުހުން މިއަދު ބުނީ ކިންގްސްޓަން އިން ސައިކަލް ގެނެސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތް ހެދި ކަމަށް ބުނެ މިދިޔަ މަހުގެ ދެ ވަނަ ދުވަހު ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެ މައްސަލައާއި ގުޅިގެން އާތިފްގެ ޕާސްޕޯޓް ހިފަހައްޓައި އޭނާ ފުރުން މަނާ ކުރުމުގެ އަމުރަކަށް އެދުމުން، މިދިޔަ މަހުގެ 25 ވަނަ ދުވަހު ކުރިމިނަލް ކޯޓުން އަމުރު ނެރެދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ސައިކަލު ގަންނަން ފައިސާ ދެއްކި މީހުންގެ ތެރެއިން ގިނަ ބައެއްގެ ބަޔާން ނަގާފައިވާއިރު، ކުރިއަށް އޮތް ހަފުތާއެއް ތެރޭގައި މައްސަލަ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް ފުލުހުން އަންނަނީ ތައްޔާރު ވަމުންނެވެ.

ކިންގްސްޓަން ކުންފުނިން ސައިކަލު ގަތުމަށް ފައިސާ ދެއްކި ބައެއް މީހުން ވަނީ ފައިސާ ދެއްކިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔަ އިރުވެސް ސައިކަލު ލިބިފައިނުވާ ކަމަށް ބުނެފައެވެ. އަދި ރިފަންޑަށް އެދުމުންވެސް އެ ފައިސާ އަނބުރާ ދީފައި ނުވާތީ މިދިޔަ މަހު ވަނީ ކިންގްސްޓަން އޮފީސް ކައިރިއަށް އެއްވެ ނުރުހުން ފާޅުކޮށްފައެވެ.

ނަމަވެސް އެ ކުންފުނީގެ ހިއްސާދާރު އާތިފް ބުނެފައި ވަނީ ސައިކަލު ހަވާލު ކުރުމަށް ނުވަތަ ފައިސާ ހަވާލު ކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. ކިންގްސްޓަން އޮފީސް މިހާރު ބަންދު ކޮށްފައިވާއިރު، އެތަނަށް ކުލި ނުދައްކާތާ ގިނަ ދުވަސް ތަކެއް ވެފައިވާ ކަމަށްވެސް އެގޭގެ ވެރިފަރާތުން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *