މަރުވެފައި އޮއްވާ ރޭ ފެނުނު މީހާގެ ގައިން އަނިޔާއެއް ފެންނާކަށް ނެތް: ފުލުހުން

މަރުވެފައި އޮއްވާ ރޭ ފެނުނު މީހާގެ ގައިން އަނިޔާއެއް ފެންނާކަށް ނެތް: ފުލުހުން

މާފަންނުގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑުން އެއްވެސް އަނިޔާއެއް ލިބިފައި ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

ފުހުލުން ބުނީ މާފަންނު ގެއެއްގެ ތިންވަނަ ބުރީގައި ހުރި ކޮޓަރިއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިގެން ރިޕޯޓް ކުރީ ރޭ 11:33 ހާއިރު ކަމަށެވެ.

މަރުވެފައި އޮއްވައި ފެނިފައި ވަނީ މ. ނަލަހިޔާ މަންޒިލް/ އަހުމަދު ފަޔާޒު، 57އ. ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ، އެ މީހާގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތް ކަމާއި އަދި ތުހުމަތު ކުރެވޭ ފަދަ ކަމެއްވެސް ނެތްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *