އެސްއޯއީ ތަކުގެ އާއްމު ޖަލްސާ ބާއްވަންޖެހޭ މުއްދަތު ކުރު ކުރަން ފާސް ކޮށްފި

އެސްއޯއީ ތަކުގެ އާއްމު ޖަލްސާ ބާއްވަންޖެހޭ މުއްދަތު ކުރު ކުރަން ފާސް ކޮށްފި

ސަރުކާރު ކުންފުނިތަކާއި ލޯކަލް އޮތޯރިޓީ ކުންފުނި ތަކުގެ އިތުރުން ޕަބްލިކު ކުންފުނި ތަކުގެ ޚާއްސަ އާއްމު ޖަލްސާ ބާއްވަަންޖެހޭ މުއްދަތު ކުރު ކުރުމަށް، ކުންފުނީގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ދެންމެ ފާސް ކޮށްފިއެވެ.

ކުންފުނީގެ ގާނޫނުގެ 100 ވަނަ މާއްދާ އާއި 113 ވަނަ މާއްދާ އާއި 126 ވަނަ މާއްދާއަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރެވެ.

މިއަދުގެ ޖަލްސާގައި އެ ބިލު އިގުތިސާދީ ކޮމިޓީން ދިރާސާކޮށް މަޖިލީހަށް ފޮނުވި ރިޕޯޓް ހުށަހެޅުއްވީ އެ ކޮމިޓީގެ މުގައްރިރު ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. އެ ބިލު މިއަދު ފާސްކުރީ ޖަލްސާގައި ތިއްބެވި 85 މެންބަރުންގެ އިއްތިފާގުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *