ޕީޖީ ކަމަށް އައްބާސް އައްޔަން ކުރަން ރުހުން ދިނުމުގެ ޖަލްސާ މާދަމާ ބާއްވަނީ

ޕީޖީ ކަމަށް އައްބާސް އައްޔަން ކުރަން ރުހުން ދިނުމުގެ ޖަލްސާ މާދަމާ ބާއްވަނީ

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޓެންޓް އައްބާސް ޝަރީފުއަށް ރުހުން ދިނުމާއި ބެހޭގޮތުން ގޮތެއް ނިންމުމަށް މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

އެ ޖަލްސާއަކީ ދައުރުން ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ޖަލްސާއެވެ. އެޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9:00 ގައެވެ.

މިމަހު 11 ވަނަ ދުވަހުގެ ރޭ ދައުރުން ބޭއްރުން ބޭއްވި ފުރަތަމަ މަޖިލިސް ޖަލްސާގައި ވަނީ، އައްބާސްގެ ނަން މަޖިލީހުގެ ތަޅުމަށް އިއްވައި އެނަން އިތުރަށް ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފިނުވައިފައެވެ.

އެ ކޮމިޓީން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު، މިއަދު މެންދުރު 12:00 ގެ ނިޔަލަށް އެނަމާއި ބެހޭގޮތުން އާއްމުންގެ ޝަކުވާއެއް އޮތްނަމަ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެ މުއްދަތު ހަމަވުމުން އެކަމަށް ގޮތެއް ނިންމުމަށް މިއަދު 1:00 ގައި ޖުޑިޝަރީ ކޮމިޓީ ބައްދަލު ވާނެއެވެ.

ވެރިކަންކުރާ ޕީއެންސީގެ ބޮޑު މެޖޯރިޓީއެއް އޮތް ޖުޑިޝަރީ ކޮމިޓީން އައްބާސްގެ ނަމަށް ރުހުން ދޭން ފާސް ކުރާނެ ކަމަށް ބެލެވެއެވެ. އެހެން ކަމުން އައްބާސްއަށް މަޖިލީހުން ރުހުންދޭން ފެންނަ ކަަމަށް ފާސްކޮށް ކޮމިޓީ ރިޕޯޓު މިއަދު މަޖިލިސް ތަޅުމަށް ފޮނުވާނެއެވެ.

އެހެން ވެއްޖެނަމަ މާދަމާގެ ޖަލްސާގައި އެ މައްސަލައަށް ބަހުސްކޮށް، އައްބާސްއަށް ރުހުން ދިނުމަށް ފާސް ކުރާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *