އާސަންދަ ހަމަޖައްސާނެ ކަމަށްބުނެ ގޯޅިގަނޑަކަށް ގެންގޮސް ކަރުގައި ގަލަމެއް ޖައްސައިގެން ފޭރިއްޖެ

އާސަންދަ ހަމަޖައްސާނެ ކަމަށްބުނެ ގޯޅިގަނޑަކަށް ގެންގޮސް ކަރުގައި ގަލަމެއް ޖައްސައިގެން ފޭރިއްޖެ

ކަރުގައި ގަލަމެއް ޖައްސައި ބިރު ދައްކައިގެން ފޭރުނު މީހަކު ފުލުުން ހައްޔަރުކޮށް، ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓަން އަމުރު ކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ، ގދ. ވެންސްޓް ސައިޑް އިއްފަތު މުހައްމަދެވެ.

އޭނާވަނީ ޖުމްހޫރީ މައިދާނުން ދިމާވި މީހަކަށް އާސަންދަ ހަމަޖައްސައިދޭނެ ކަމަށްބުނެ، އޭނާ ގޮވައިގެން ގޮސް، ގޯޅިއެއްގައި ހުރި ގެއަކަށް ވައްދައި އެމީހާގެ ފޯނާއި ފައިސާ އަތުލަން މަސައްކަތް ކޮށްފައެވެ. އޭނާ އެކަން ކުރީ އެމީހާގެ ކަރުގައި ގަލަމެއް ޖައްސައި ހަޅޭ ނުލެވުމަށް އިންޒާރު ދިނުމަށް ފަހުގައެވެ.

މީނާއަކީ ފޭރުމުގެ ކުށާއި އެހެނިހެން ކުށްތަކުގެ ރެކޯޑް އޮންނަ މީހެކެވެ.

އެގޮތުން ހުޅުމާލޭ އެން ސިސް ފެކްޓަރީ އޮފީހުގެ މުވައްޒަފެއްގެ އިނގިލިތައް ކަފާލުމަށްފަހު ތިން ލައްކަ އަށްވުރެ ގިނަ ރުފިޔާ ފޭރިގަތް މައްސަލައަކާއި ގުޅިގެން މީގެކުރިން އޭނާ ވަނީ ހަައްޔަރު ކޮށްފައެވެ.

އެން ސިސް ފެކްޓަރީގެ އޮފީހުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފަކަށް ތޫނު އެއްޗެހިން ބިރުދައްކައި އެ މުވައްޒަފުގެ އިނގިލިތައް ކަފާލުމަށްފަހު، 359000 ރުފިޔާ ވަގަށް ގެންގޮސްފައިވާ ކަމަށް އޭރު ފުލުހުން ބުންޏެވެ.

މީނާ ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ 15 ދުވަހުގެ ވާނުވާ ބަންދެއްގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *