އެއްލާލި ސިގިރެޓް ފޮށީގައި ޑްރަގް، 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް 24 އަހަރަށް ޖަލަށް

އެއްލާލި ސިގިރެޓް ފޮށީގައި ޑްރަގް، 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް 24 އަހަރަށް ޖަލަށް

އެއްލައިލި ސިނގިރޭޓް ފޮށިން ޑްރަގް ފެނުނު މައްސަލައިގައި، ކުށް ސާބިތުވެ 100،000 ރުފިޔާއިން ޖޫރިމަނާކޮށް 24 އަހަރާއި 11 ދުވަހުގެ މުއްދަތަށް މީހަކު ޖަލަށްލާން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ކޮށްފައި ވަނީ، މއ. ސިޓީވިލާ ހަސަން ސިފާހުގެ މައްޗަށެވެ.

7 ފެބްރުއަރީ 2022 ވަނަ އަހަރު ހިނގި މިހާދިސާގައި، ފުލުހުން އޭނާ ހައްޔަރު ކުރީ، ދުއްވަން އިން ސައިކަލްގައި ދެ ލޯގަނޑު ނެތް މައްސަލައިގައި އޭނާ ދުއްވަންއިން ސައިކަލް މަޑު ކުރަން ފުލުހުން އެންގުމުން، ކުޑަ ތަންކޮޅަކަަށް ގޮސް ސައިކަލް މަޑު ކުރުމަށްފަހު، ސައިކަލުން ފައިބައިގެން ދާން ފެށުމުން، ފުލުހުން އޭނާ މަޑު ކުރަން އެންގި ވަގުތު މަލްބަރޯ ސިގިރެޓް ފޮއްޓެއް ބިންމައްޗަށް ވައްޓައިލުމަށްފަހު ދުއްވައިގަތުމުންނެވެ.

އޭނާގެ ހާޒިރުގައި ފުލުހުން އެ ސިގިރެޓް ފޮށި ބަލައި ފާސް ކުރިއިރު، މަސްތުވާތަކެތި އަޅާފައި ހުރި 95 ރަބަރ ޕެކެޓް ވަނީ ފެނިފައެވެ. އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކުރީ އެ މައްސަލައާއި ގުޅިގެންނެވެ.

މި މައްސަލައިގައި ކުރިމިނަލް ކޯޓުން ހުކުމް ކުރި ތާރީޚު ކަމުގައިވާ، މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި 100،000 ރުފިޔާގެ ޖޫރިމަނާ ފައިސާ ދައްކަން ޖެހޭނެ ކަމަށް ހުކުމްގައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *