ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި މެލޭޝިޔާގެ ދެ މީހުންގެ ބަންދުގެ މުއްދަތު 30 ދުވަހަށް އިތުރު ކޮށްފިއެވެ.
މެލޭޝިޔާގެ ކޯ ހުއާން ބޫން އާއި ކިޔާ މީހަކާއި އެން ޖީ ތަމް ލިޕްގެ ބަންދުގެ ނުއްދަތު އެންމެ ފުތަމަ ޖަހާފައި ވަނީ ފަސް ދުވަހަށެވެ.
ނަމަވެސް އެ މުއްދަތު ހަމަވާކީ، އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކުރިމިނަލްކޯޓަށް އިއްޔެ ހާޒިރު ކުރުުމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެމީހުން ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނާތީ އެއިން ކޮންމެ މީހަކު 30 ދުވަހުގެ މުއްދަތަކަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.
ނަމަވެސް މީގެތެރެއިން ކޯ ހުއާން ބޫން އަށް ވަކީލަކު އައްޔަން ވެފައިވީ ނަމަވެސް އެ ފަރާތާ ބައްދަލު ނުވާ ކަމަށް ފާހަގަކޮށްފައިވާތީ މި ފަސް ދުވަހުގެ މުއްދަތުގެ ތެރޭގައި، ވަކީލާ ބައްދަލު ކުރުމުގެ އިންތިޒާމު އޭނާއަށް ހަމަޖައްދައިދިނުމަށް ވެސް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
އެ ދެމީހުން ބަންދު ކުރުމަށް ނެރެފައިވާ ކޯޓު އަ މުރުގައި ބުނެފައިވަނީ، އެ ދެމީހުންގެ މައްޗަށް ކުރާ ޑްރަގް ޓްރެފިކިންގެ ތުހުމަތާ ގުޅޭ ހެކި ގަރިނާ ހުށަހަޅާފައިވާ ކަމަށެވެ.
ވައިގެމަގުން ރާއްޖެއަށް 9.86 މިލިއަން ދިވެހި ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް މިދިޔަ ހަފްތާގައި ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ.