ކަރަންޓް ބިލު ބޮޑުވާ މައްސަލަ ތަހުގީގު ކުރަން ގޮވާލައި ކުއްލި މައްސަލައެއް ހުށަހަޅައިފި

ކަރަންޓް ބިލު ބޮޑުވާ މައްސަލަ ތަހުގީގު ކުރަން ގޮވާލައި ކުއްލި މައްސަލައެއް ހުށަހަޅައިފި

ކަރަންޓް ބިލްތައް ބޮޑުވާ މައްސަލަ ތަހުގީގު ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިކަމާބެހޭ ކުއްލި މައްސަލަ ހުށަހެޅުއްވީ، އިދިކޮޅު އެމްޑީޕީގެ މެންބަރު ގަލޮޅު އުތުރު ދާއިރާގެ މުހައްމަދު އިބްރާހިމްއެވެ. އެމްޑީޕީން ފަހަކަށް އައިސް ހުށަހެޅި ދެ ކުއްލި މައްސަލަވެސް ބަހުސް ކުރަން ނުފެންނަ ކަމަށް ނިންމައި، ބޭރު ކޮށްލި ނަމަވެސް މިއަދުގ ކުއްލި މައްސަލަ ވަނީ ބަލައިގަނެ މަޖިލީހުގައި ބަހުސް ކުރަން ފަށާފައެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު މުހައްމަދު އިބްރާހިމް ވިދާޅުވީ، ސަރުކާރުގެ ފަރާތުން ކަރަންޓްގެ ހިދުމަތް ފޯރު ކޮށްދެމުން ގެންދާ މައި ދެ ކުންފުނި ކަމަށްވާ ސްޓެލްކޯ އާއި ފެނަކައިން ފޯރުކޮށް ދެމުންގެންދާ ކަރަންޓަށް ކުރަމުންދާ ބިލްތައް، ނިމިދިޔަ މަސް ތަކުގައި އިންތިހާއަށް ބޮޑުވެފައި ވާތީ އެކަން ބަލައި ތަހުގީގު ކުރަން ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ، މިދިޔަ އޭޕްރީލް މަހުން ފެށިގެން އެތައް ގުނައަކަށް ކަރަންޓް ބިލު ބޮޑުވުމާއި ގުޅިގެން ރައްޔިތުން ކަންބޮޑުވެ، ކަމާބެހޭ ފަރާތް ތަކަށް މައްސަލަ ހުށަހެޅި ކަމަށެވެ. އަދި ސޯޝަލް މީޑިއާގައިެވެސް ރައްޔިތުން، ކަންބޮޑުވުން ހާމަ ކުރަމުން ދިއުމުގެ ސަބަބުން ސްޓެލްކޯއިން ލުއިތަކެއް ގެނައިކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އޭގެފަހުން އައި ކަރަންޓު ބިލުތައް މާބޮޑަށް ބޮޑުވެފައިވާ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މިހާތަނަށް އައިއިރުވެސް އެކަމާބެހޭ ތަފްސީލީ މައުލޫމާތު ރައްޔިތުންނަށް ލިބިފައި ނުވާކަަން ފާހަގަ ކުރައްވައި އެކަން އަވަސް ކުރުމަށްވެސް މެންބަރު ވަނީ ގޮވާލައްވައިފައެވެ. އޭނާ ވިދާޅުވީ، ހަކަތާއިގެ ގާނޫނުގައި ވާގޮތުން އެކަން ބެލުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ނަމުގައި މިނިވަން ރެގިއުލޭޓަރީ އޮތޯރޮޓީއެއް އޮންނަން ޖެހޭ ކަމަށެވެ.

އެ އޮތޯރިީގެ މެއިންޑޭޓްގެ ތެރޭގައި ހިދުމަތުގެ ފެންވަރާއި ރޭޓް ކަނޑައެޅުމާއި އެކަމާބެހޭ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *