ޖޭއެސްސީގެ މެމްބަރު ކަމަށް އަބްދުއްރަޙީމް އާއި ރިޒާ އައްޔަން ކޮށްފި

ޖޭއެސްސީގެ މެމްބަރު ކަމަށް އަބްދުއްރަޙީމް އާއި ރިޒާ އައްޔަން ކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ މިއަދު އައްޔަން ކުރައްވައިފިއެވެ.

އަބްދުއްރަހީމް ޖޭއެސްސީއަށް އައްޔަން ކުރެއްވީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ. ރިޒާ އެ ކޮމިޝަނަށް އަައްޔަން ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ ކޮމިޝަނުގައި އިންނަވާ މެންބަރުގެ ގޮތުގައި މަޖިލީހުން އިއްޔެ ފާސްކުރުމާ ގުޅިގެންނެވެ.

މިކަމަށްޓަައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ދެ ބޭފުޅުންނަށް ކޮމިޝަނުގެ މެންބަރު ކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު މުހައްމަދު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، މި ދެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަވާލު ކުރައްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *