މެންބަރު ކަމަށް ހޮވުނު ކައުންސިލަރުންގެ ދާއިރާ ތަކުގައި އިންތިޚާބު ބާއްވަނީ

މެންބަރު ކަމަށް ހޮވުނު ކައުންސިލަރުންގެ ދާއިރާ ތަކުގައި އިންތިޚާބު ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ކުރެއްވި ބައެއް ކައުންސިލަރުން އިންތިޚާބު ކާމިޔާބުކޮށް، މެންބަރު ކަމުގެ ހުވާ ކުރައްވާފައި ވަނީ އެ ދާއިރާ ތަކުގެ ބައި -އިލެކްޝަންސް އަންނަ ޖުލައި މަހުގެ 20 ގައި ބޭއްވުމަށް އިލެކްޝަން ކޮމިޝަން (އީސީ)ން ނިންމައިފިއެވެ.

އީސީން ބުނީ ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށެވެ. އަދި ބައި އިލެކްޝަންސްގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައި ވަނީ ޖުލައި 22 ގައި ކަމަށެވެ.

ބައި- އިލެކްޝަން ބާއްވާ ދާއިރާތަށް:

–  ޅ އަތޮޅު ކައުންސިލް ރައީސް

–  ފ. ބިލެތްދޫ ކައުންސިލް ރައީސް

–  ކުޅުދުއްފުށި ސިޓީ ކައުންސިލް މެންބަރު (ކުޅުދުއްފުށި އުތުރު ދާއިރާ)

– ރ. ހުޅުދުއްފާރު ކައުންސިލް މެންބަރު

– މާލެ ސިޓީ ކައުންސިލް މެންބަރު (ހެންވޭރު ހުޅަނގު ދާއިރާ)

– މާލެ ސިޓީ ކައުންސިލް މެންބަރު (މައްޗަންގޮޅި މެދު ދާއިރާ)

– މާލެ ސިޓީ ކައުންސިލް މެންބަރު (ހުޅުމާލެ ދާއިރާ)

– ރ. ރަސްމާދޫ ކައުންސިލް މެންބަރު (އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި)

ބައި އިލެކްޝަންގައި ވާދަކުރުމަށް އެދި ހުށަހަޅާ ފޯމު www.elections.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އީސީން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *