މަޖިލިސް އިންތިޚާބުގައި ޕީއެންސީއަށް ލިބުނު ކާމިޔާބު ފާހަގަ ކުރަން މިރޭ ހަވާ އަރުވަނީ

މަޖިލިސް އިންތިޚާބުގައި ޕީއެންސީއަށް ލިބުނު ކާމިޔާބު ފާހަގަ ކުރަން މިރޭ ހަވާ އަރުވަނީ

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީއެންސީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މިރޭ މާލޭގައި ހަވާއަރުވާ ގޮތަށް ހަމަޖައްސައިފިއެވެ.

އެނގިފައިވާ ގޮތުގައި "މަރުހަބާ- ދިވެހީންގެ ރާއްޖެ މަޖިލީހަށް" ގެ ނަމުގައި މިރޭ ހަވާ އަރުވާނީ  08:30 ގައި އާޓިފިޝަލް ބީޗުގައެވެ.

ވަގުތީ ނަތީޖާތައް ދައްކާ ގޮތުން 71  ގޮނޑިއާއެކު ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއަށް ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައެވެ.

ޕީއެންސީގެ 71 މެންބަރުން އިންތިޚާބު ވެފައިވާއިރު، ސަރުކާރަށް ތާއީދުކުރި ބައެއް އަމިއްލަ ކެންޑިޑޭޓުން ވެސް ވަނީ އިންތިޚާބު ވެފައިވެއެވެ.

މި ފަހަރުގެ މަޖިލިސް އިންތިޚާބު އިދިކޮޅު މައި ޕާޓީއަށް މެޖޯރިޓީ ގެއްލި މަދު ގޮނޑިތަކެއް ކާމިޔާބުވީއިރު، ޑިމޮކްރެޓްސް އާއި އަދާލަތު ޕާޓީއަށް އެއްވެސް ގޮނޑިއެއް ކާމިޔާބު ވެފައި ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *