ޑިމޮކްރެޓްސްއަށް އެއްވެސް ގޮނޑިއެއް ނުލިބި ބޮޑު ލަދުވެތި ކަމެއް!

ޑިމޮކްރެޓްސްއަށް އެއްވެސް ގޮނޑިއެއް ނުލިބި ބޮޑު ލަދުވެތި ކަމެއް!

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި އެއްވެސް ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ނުކުރެވި ބޮޑު ލަދުވެތިކަމާ ކުރިމަތިލާން ޖެހިއްޖެއެވެ.

މަޖިލިސް އިންތިހާބުގައި ޑިމޮކްރެޓްސްގެ ފަރާތުން 37 ދާއިރާއަށް ވާދަކުރިއެވެ. އޭގެތެރޭގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، ގައްދޫ ދާއިރާގެ މެމްބަރު އަލީ ޒާހިރު، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އަދި މާފަންދު މެދު ދާއިރާ އިބްރާހިމް ރަޝީދު ވާދަ ކުރެއްވިއެވެ.

އެ ބޭފުޅުންގެ އިތުރުންވެސް ސިޔާސީ މައިދާނުގައި ނަންހިނގާ ބައެއް މީހުން ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަ ކުރެއްވިއެވެ. އެއިން އެއްވެސް ބޭފުޅަކަށް އިންތިހާބު ކާމިޔާބު ކުރެވިފައިނުވެއެވެ. އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުން ދެން ވާދަ ކުރެއްވި ބޭފުޅުންނަށްވެސް އިންތިހާބު ކާމިޔާބު ކުރެވިފައިނުވެއެވެ.

ދަ ޑިމޮކްރެޓްސްއަށް އެއްވެސް ގޮނޑިއެއް ކާމިޔާބު ނުކުރެވުނުއިރު އެމްޑީއޭ އަދި ޖުމްހޫރީ ޕާޓީން ވަނީ އެއް ގޮނޑި ކާމިޔާބު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *