ބޮޑު ތަފާތަކުން މަޖިލީހުގެ ސުޕަރ މެޖޯރިޓީ ޕީއެންސީ ހޯދައިފި

ބޮޑު ތަފާތަކުން މަޖިލީހުގެ ސުޕަރ މެޖޯރިޓީ ޕީއެންސީ ހޯދައިފި

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރަޓީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް ބޮޑު ތަފާތަކުން ލިބިއްޖެއެވެ.

މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މަޖިލީހުގެ 71 ގޮނޑި ވަނީ ޕީއެންސީއަށް ކަށަވަރު ވެފައެވެ. މިފަހަރުގެ މަޖިލިސް ނުވަތަ 20 ވަނަ މަޖިލިސްއަށް 93 ދާއިރާ އަކުން މެމްބަރުން އިންތިޚާބު ކުރާއިރު ސުޕަރ މެޖޯރިޓީ ނުވަތަ ހަތަރު ބައި ކުޅަ ތިން ބައި ހޯދަން ބޭނުން ވަނީ 70 ގޮނޑިއެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީއަށް 71 ގޮނޑި ވަނީ ކަށަވަރު ވެފައެވެ. އެމްޑީޕީ ވަނީ 12 ގޮނޑި ކަށަވަރު ވެފައެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި 6 މެމްބަރަކު ގޮނޑި ކަށަވަރުވިއެވެ. އެމްޑީއޭއިން ދެ ގޮނޑި ކަށަވަރު ކުރިއިރު ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީއަށް ކަށަވަރުވީ އެންމެ ގޮނޑިއެވެ.

މަޖިލިސް އިންތިޚާބާ ދިމާކޮށް ޕީއެންސީ އިން ވަނީ ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭއާއެކު ކޯލިޝަން ހަދައިފައެވެ. އަދި ޕީއެންސީ އިން ވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި ބައެއް ކެންޑިޑޭޓުންނަށް ތާއީދުކޮށްފައެވެ. އެހެން ކަމުން ޕީއެންސީ އިން ތާއީދު ކުރި 76 ކެންޑިޑޭޓެއް ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ

ދަ ޑިމޮކްރެޓްސް އަދި އަދާލަތު ޕާޓީ އިން އިންތިޚާބުގައި ވާދަކުރި ނަމަވެސް، އެއްވެސް ގޮނޑިއެއް އެ ދެޕާޓީއަށް ކަށަވަރުވެފައި ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *