މަޖިލިސް 2024: ގިނަ ވޯޓު ފޮށި ތަކެއް ގުނަން ފަށައިފި

މަޖިލިސް 2024: ގިނަ ވޯޓު ފޮށި ތަކެއް ގުނަން ފަށައިފި

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގިނަ ވޯޓު ފޮށިތަކެއް ގުނަން ފަށައިފިއެވެ.

މިހާތަނަށް ގުނާފައިވާ ވޯޓޮ ފޮށި ތަކުގެ ނަތީޖާ ދައްކާ ގޮތުން ކުރީގައި އުޅެނީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.

ގުނަން ފަށައިފައިވާ ގޮޑި ތަކުގެ ތެރެއިގައި މާލެ ސިޓީ، އައްޑު ސިޓީ އަދި ފުވައްމުލަކު ސިޓީގައި ބަހައްޓާފައިވާ ގޮޑިތައް ހިމެނެއެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުން 5:00 އާ ހަމައަށް 207,693 އަށް ވުރެ ގިނަ މީހުން ވޯޓުލައިފައި ވެ އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 72.96 ޕަސެންޓެވެ

އީސީ އިން ވަނީ މިފަހަރު ވީހާވެސް ފަސޭހައިން ވޯޓު ލެވޭނެ އިންތިޒާމުތައް ހަމަޖައްސަވާފައެވެ. އެގޮތުން ކޮންމެ ވޯޓު ފޮށްޓަކަށް އެންމެ ގިނަވެގެން ވޯޓު ލާނީ 500 މީހުން ކަމަށް އީސީން ވަނީ ކަނޑައަޅައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *