މިއަދު ކުރިޔަށްދިޔަ އިންތިޚާބުގައި ވޯޓުލާ މަރުކަޒެއްގައި ވޯޓުލުން ކުރިއަށްދަނީ

ވޯޓު ފޮށިތައް ބަންދު ކުރަން ފަށައިފި

ވޯޓު ފޮށިތައް ބަންދު ކުރަން ފަށައިފި

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ކަނޑައަޅާފައިވާ ގަޑި ހަމަވެ، ބައެއް ފޮށި ތަކުގެ ކިޔު ލައިންތަކާއި ފޮށިތައް ބަންދު ކުރަން ފަށައިފިއެވެ.  ވޯޓް ގުނަން ފަށާނީ ވޯޓް ފޮށި ބަންދު ކުރާތާ 30 މިނެޓް ފަހުންނެވެ.

މަޖިލިސް އިންތިޚާބުގައި ވޯޓުލުން ފަށާފައި ވަނީ 8:00 ޖެހިއިރުއެވެ. ވޯޓުލުން ކުރިއަށް ގެންދިޔައީ ހަވީރު 5:30 ހާ ހަމަޔަށެވެ. އެ ވަގުތަށް ފަހު ވޯޓު ލެވޭނީ ވަގުތު ހަވަމުގެ ކުރިން ކިޔު ލައިނުގައި ތިބި މީހުންނަށް އެކަންޏަށެވެ.

މިއަދު ކުރިއަށްދިޔަ އިންތިޚާބުގައި މީހަކު ވޯޓު ލަނީ

އިލެކްޝަން ކޮމިޝަން (އީސީ) އާންމު ކުރި ތަފާސް ހިސާބުން ދައްކާ ގޮތުން 5:00 އާ ހަމައަށް 207,693 އަށް ވުރެ ގިނަ މީހުން ވޯޓުލައިފައި ވެއެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 72.96 ޕަސެންޓެވެ.

އީސީ އިން ވަނީ މިފަހަރު ވީހާވެސް ފަސޭހައިން ވޯޓު ލެވޭނެ އިންތިޒާމުތައް ހަމަޖައްސަވާފައެވެ. އެގޮތުން ކޮންމެ ވޯޓު ފޮށްޓަކަށް އެންމެ ގިނަވެގެން ވޯޓު ލާނީ 500 މީހުން ކަމަށް އީސީ އިން ވަނީ ކަނޑައަޅައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *