އިންތިޚާބާ ދިމާކޮށް ދަނީ ފައިސާ ބަހަމުން، ސަރުކާރަށް އެކަށީގެންވާ އަދަދެއްގެ ގޮނޑި ލިބޭނެ: ޔާމީން

އިންތިޚާބާ ދިމާކޮށް ދަނީ ފައިސާ ބަހަމުން، ސަރުކާރަށް އެކަށީގެންވާ އަދަދެއްގެ ގޮނޑި ލިބޭނެ: ޔާމީން

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެރިކަން ކުރަމުންދާ ޕީއެންސީއަށް ގިނަ އަދަދަކަށް ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިޚާބުގައި ވޯޓު ދެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ޔާމީން ވިދާޅުވީ ވެރިކަން ކުރަމުންދާ ޕާޓީ ތަކަށް އިންތިޚާބު ތަކުގައި އެޑްވާންޓޭޖެއް އޮންނާނެ ކަމަށެވެ. އެގޮތުން އިންތިޚާބާ ދިމާކޮށް ވަޒީފާ އުފެއްދުމާއި މަޝްރޫއުތައް ފެށެން ހުންނާނެ ކަމަށެވެ.

"އިންތިޒާރު ކުރެވޭ ސަރުކާރަށް އެކަށީގެންވާ އަދަދެއްގެ ގޮނޑި ލިބޭނެ ކަމަށް" ޔާމީން ވިދާޅުވިއެވެ.

މަޖިލިސް މެޖޯރިޓީ ސަރުކާރަށް ނުލިބުމަކީ މައްސަލައަކަށް ވެގެން ނުވާނެ ކަމަށާއި ނަމަވެސް އިދިކޮޅަށް މަޖިލީހުގެ މެޖޯރިޓީ ލިބުނަސް ސަރުކާރަށް އުނދަގޫކޮށް، ޖެއްސުން ކުރާކަމަށްވަންޏާ އެކަން ބަލައިނުގަންނާނެ ޔާމީން ވިދާޅުވިއެވެ.

ޤާނޫނުގައި ރިޝްވަތު ހިފުމަކީ ކުށެއް ކަމަށް ބަޔާންކޮށްފައިވި ނަމަވެސް އެއީ އެއްވެސް ވަރަކަށް ތަންފީޒު ނުކުރެވޭ ޤާނޫނެއް ކަމަށް ޔާމީން ވިދާޅުވިއެވެ.

"އެއޮއް ދަނީ ލާރި ބަހަމުން އެތައް މިތަނުގަ. އަޅުގަނޑު ނުބުނަން ލާރި ބެހުން ގޯހެކޭވެސް. ޤާނޫނުގަ ގޯހެކޭ ބުނީމަ ގޯސްވީ. އެކަމަކު ފުލުހުންނަށް ނުވަތަ ދައުލަތަށް ތަންފީޒު ނުކުރެވޭ ޤާނޫނު ހަދައިގެން ކީއްތޯ މި ކުރަނީ" ޔާމީން ވިދާޅުވިއެވެ.

"އެއޮއްދަނީ ހަމަ ހުރިހާ ދިމާލެއްގަ ލާރި ބަހަމުން، ހަމަ ވޯޓުލާ ކޮންމެ މީހަކަށް ފަސްހާސް ރުފިޔާ ބަހާތަންތަން އެބަހުރި، 5،000 އަށްވުރެ ގިނައިން ބަހާ ތަންތަން އެބަހުރި" ޔާމީން ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *