އޭޑީބީގެ ތައުރީފު ރާއްޖޭގެ ދަނޑުވެރި ކަމުގެ ސިޔާސަތަށް

އޭޑީބީގެ ތައުރީފު ރާއްޖޭގެ ދަނޑުވެރި ކަމުގެ ސިޔާސަތަށް

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ންރާއްޖޭގެ ދަނޑުވެރިކަމުގެ ސިޔާސަތަށް  ތައުރީފު ކޮށްފިއެވެ.

އޭޑީބީގެ އޭޝިއަން ޑިވެލޮޕްމެންޓް ރިޕޯޓުގައި ރާއްޖެއާ ބެހޭ ގޮތުން ބުނީ ރާއްޖެއިން ދަނޑުވެރިކަން ކުރިއެރުވުމަށް ޒަމާނީ ޓެކްނޮލޮޖީ ބޭނުން ހިފަމުންދާ ކަމަށެވެ. އަދި ތިމާވެއްޓާ ރަހުމަތްތެރި ދަނޑުވެރިކަމުގެ ސިޔާސަތުތަކެއް ރާއްޖެއިން ޕްރޮމޯޓު ކުރަމުންދާ ކަމަށެވެ.

އަދި ބުނީ ހަނިމާދޫގައި ސަރުކާރުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ދަނޑުވެރިކަމުގެ ޕްރޮގްރާމުގެ ސަބަބުން މުޅި ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރުވުމުގެ އިތުރުން ދެމެހެއްޓެނިވި ދަނޑުވެރިކަމެއް ކުރުމަށް ބާރަކަށް ވެގެންދާނެ ކަމަށެވެ.

ރިޕޯޓުގައި އޭޑީބީން ވަނީ ރާއްޖޭގެ ދަނޑުވެރިކަމަށް ހުރި ބައެއް ގޮންޖެހުންތައް ވެސް ފާހަގަ ކޮށްފައެވެ. އެގޮތުން ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ދިވެހިންގެ އަދަދު މަދުވުމާއި ދަނޑުވެރި ކަމުގެ ސިނާއަތުގައި ލޯނު ލިބުމުގައި ދަތިތަކެއް ދިމާވާ ކަމަށް އޭޑީބީން ވަނީ ބުނެފައެވެ. ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ބައެއް ތަކެތީގެ އަގު ބޮޑުވުމަކީވެސް ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އޭޑީބީން ޒަމާނީ ޓެކްނޮލޮޖީއާ ރަހުމަތްތެރި ދަނޑުވެރި ކަމުގެ ބާވަތްތައް ތައާރަފު ކުރުމަށް ރާއްޖެއިން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ. އެކަމުގެ ސަބަބުން ރާއްޖޭގައި ދަނޑުވެރިކަން ކުރިއަރާފާނެ ކަމަށް ބެލެވޭ ކަމަށް އޭޑީބީން ބުނެއެވެ.

ރާއްޖޭގައި ދަނޑުވެރިކަންކުރާ ބިމުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 5،900 ހެކްޓަރެވެ. ރާއްޖޭގައި އުފައްދަނީ، ރާއްޖޭގެ އާބާދީއަށް ބޭނުންވާ ދަނޑުވެރިކަމުގެ ބާވަތްތަކުގެ އެންމެ 10 ޕަސަންޓެވެ. 2005 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށް ދަނޑުވެރިކަމުގެ ސިނާއަތުން ރާއްޖޭގެ ޖީޑީޕީގައި ހިއްސާކުރަނީ އެންމެ 1.5 ޕަސަންޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *