އިންޑިޔާގެ އާންމު އިންތިޚާބުގެ ވޯޓުލާން މިއަދު ފަަށައިފި

އިންޑިޔާގެ އާންމު އިންތިޚާބުގެ ވޯޓުލާން މިއަދު ފަަށައިފި

އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން މިއަދު ފަށައިފިއެވެ.

އިންތިޚާބުގައި ވޯޓުލުމަށް މިއަދު ހެނދުނު 7:00 ނުޖަހަނީސް މީހުން ވަނީ ކިޔުލައިނަށް އަރައިފައެވެ. ޖޫން މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ އިންތިޚާބުގައި ގާތްގަނޑަކަށް 970 މިލިއަން ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެ އިންތިހާބުގައި އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ 543 ދާއިރާއަކަށް މީހުން އިންތިޚާބު ކުރާނެއެވެ.

އިންޑިޔާގެ ވެރިކަން ކުރަމުންދާ ޕާޓީ ބާރަޖް ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ ލީޑަރު އަދި އިންޑިޔާގެ ނަރެންދްރަ މޯދީ ވަނީ ވީހާވެސް އަވަހަކަށް ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ. ބޮޑުވަޒީރު ކަމުގެ ތިންވަނަ ދައުރަކަށް ވާދަކުރަން މޯދީ ނިންމާފައި ވާތީ މި އިންތިޚާބުގައި ބީޖޭޕީއަށާއި ބީޖޭޕީއާއެކު ކޯލިޝަން ހަދާފައިވާ ޕާޓީ ތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބުމަކީ މުހިންމު ކަމެކެވެ.

އެގްޒިޓް ޕޯލްތަކުން ދައްކާ ގޮތުގައި އިންޑިޔާގެ ބޮޑެތި ސްޓޭޓުތަށް ބީޖޭޕީގެ ކެންޑިޑޭޓުން ކާމިޔާބު ކުރާނެއެވެ. ބީޖޭޕީއާ އެންމެ ވާދަވެރި ޕާޓީ އަކީ ކޮންގްރެސް ޕާޓީއެވެ. ކޮންގްރެސް ޕާޓީއަށް މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެނަމަ، ބޮޑުވަޒީރުގެ ގޮތުގައި ވިހި ނަމަށްވުރެ ގިނަ ނަންތައް ހުށަހަޅާފައިވެއެވެ.

އިންޑިޔާގެ ބައެއް ބޮޑެތި ސްޓޭޓުތަކުގައި މިހާރު ބޮޑަށް ވާދަ ކުރަމުން ދަނީ އިދިކޮޅު ކޮންގްރެސް ޕާޓީންނެވެ. އެގޮތުން ޓަމިލް ނާޑޫގެ 39 ގޮޑިއެއް ކޮންގްރެސް ޕާޓީ ކާމިޔާބު ކުރާނެ ކަމަށް ބެލެވޭއިރު، މިއީ ބީޖޭޕީއަށް ކޮންމެވެސް ވަރެއްގެ ގޮންޖެހުމަކަށް ވާނެއެވެ. އެގޮތުން ބޮޑުވަޒީރު މޯދީ ވަނީ ޓަމިލް ނާޑޫއަށް 10 ފަހަރު ވަޑައިގެން އެތަކެއް އެއްވުމާއި ރޯޑްޝޯތައް ބާއްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *