ރައީސް މުއިއްޒަށް މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ އިތުރުވާނީ ބިރުވެރިކަން: އިބޫ

ރައީސް މުއިއްޒަށް މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ އިތުރުވާނީ ބިރުވެރިކަން: އިބޫ

ރައީސް ޑރ. މުހައްމަދު މުއިއްޒަށް، ރައްޔިތުންގެ މަޖިލީހުގެ މެޖޯރީޓީ ދީފިނަމަ ނުވަތަ އިތުރު ބާރު ތަކެއް ދީފިނަމަ، ހުރިހާ ބާރުތައް ލައްވާނީ މުށުތެރެއަށް ކަމަށް އެމްޑީޕީގެ އެޑްވައިޒަރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

މިމަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނަށް މިއަދު ތ. ކިނބިދޫއަށް ވަޑައިގެން ސޯލިހު ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުގައި އެއްވެސް މުވައްޒަފަކަށް ވަޒީފާގެ ބިރު ދައްކާފައިނުވާނެ ކަމަށެވެ.

"ވަގުތު ދިން ވަރަކަށް، ބާރުތައް ދިން ވަރަކަށް، އެ ގެންދަވަނީ މުށުތެރެއަށް ބާރުތައް ލައި ކޮންޓްރޯލް ކުރަމުން. ރަށްރަށުން އެ މަންޒަރު އެބަފެނޭ. ވަޒީފާ ތަކުގައި ތިބި ފަރާތް ތަކަށް ބިރު ދެއްކުން އިންތިހާގައި. ހިތަށް އެރީމާ ހިތަށް އެރި މުވައްޒަފަކު ކަނޑާލަނީ،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ސަރުކާރާއި މަޖިލިސް އެކީ ޕީޕީއެމްއަށް ދީފި ނަމަ، ވަޒީފާގެ ބިރުވެރިކަމާއި އިދިކޮޅު ލީޑަރުން ހައްޔަރު ކުރުން ފަދަ ކަންކަން އިއާދަވެގެން ދާނެކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން މިހާރު ކުރަމުންދާ ކަންކަން ހައްލުކޮށް، ރާއްޖެ ބިރުވެރިކަމުގެ ތެރެއިން ސަލާމަތް ކުރަންޖެހޭ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *