އެޕަލްގެ އާ އައިފޯނުތައް މިރޭ ދައްކާލަނީ، ފަތްޖަހާލެވޭ އައިފޯނެއް ފެނިގެން ދާނެތަ؟

އެޕަލްގެ އާ އައިފޯނުތައް މިރޭ ދައްކާލަނީ، ފަތްޖަހާލެވޭ އައިފޯނެއް ފެނިގެން ދާނެތަ؟

އެޕަލް ކުންފުނީގެ އެންމެ ބޮޑު އުފެއްދުންތައް ދައްކާލުމަށް ބާއްވާ އަހަރީ އިވެންޓް މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

"ސަޕްރައިޒް އެންޑް ޝައިން" އިވެންޓްގެ ނަމުގައި އެޕަލް ޕާކުގައި ބާއްވާ މި އިވެންޓަކީ ވޭތުވެދިޔަ 15 އަހަރު ތެރޭގައި ޓިމް ކުކް ނޫން އެހެން ބޭފުޅަކު އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދަވާ ފުރަތަމަ އިވެންޓެވެ. މި އިވެންޓް ހުށަހަޅައިދެއްވާނީ އެޕަލްގެ އައު ސީއީއޯ ޖޯން ތާނަސް އެވެ.

މި އިވެންޓްގައި އެޕަލްއިން އެންމެ ފުރަތަމަ ފައްޖަހާލެވޭ (ފޯލްޑަބަލް) އައިފޯނު ދައްކާލާނެ ކަމަށް ވަރަށް ބޮޑަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެޕަލްއިން މިކަން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ވޭތުވެދިޔަ 15 އަހަރު އެޕަލްގެ ސީއީއޯގެ މަގާމު ފުރައްވި ޓިމް ކުކް، އެގްޒެކެޓިވް ޗެއާމަންގެ މަގާމަށް ބަދަލުވެ، އެޕަލްގެ ހާޑްވެއާ އެންޖިނިއަރިންގެ ކުރީގެ ވެރިޔާ ޖޯން ތާނަސް ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގެންނެވީ މި ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މިރޭގެ އިވެންޓަކީ ކުންފުނީގެ އައު ލީޑަރޝިޕްގެ ދަށުން ބާއްވާ ފުރަތަމަ ބޮޑު އިވެންޓެވެ.

ރިޕޯޓްތައް ބުނާގޮތުން އެޕަލްގެ ފުރަތަމަ ފައްޖަހާލެވޭ ފޯނަށް ދީފައިވާ ނަމަކީ "އައިފޯނު އަލްޓްރާ" އެވެ. މި ފޯނުގެ ބޭރުގައި 5.5 އިންޗީގެ އެކްސްޓަރނަލް ޑިސްޕްލޭއެއް އަދި ހުޅުވާލުމުން 7.8 އިންޗީގެ އޯއެލްއީޑީ އިނަރ ޑިސްޕްލޭއެއް ހުންނާނެއެވެ. މި ފޯނުގައި ބޭނުންކުރާނީ އެޕަލްގެ އައު A20 Pro ޗިޕްސެޓެވެ.

މި ފޯނު ތުނިކޮށް ބެހެއްޓުމުގެ ގޮތުން ފޭސް އައިޑީ ގެ ބަދަލުގައި ޕަވަރ ބަޓަންގައި ޓަޗް އައިޑީ ހިމަނާފައިވާ ކަމަށްވެއެވެ. އަދި ފަހަތުގައި 48 މެގާޕިކްސެލްގެ ދެ ކެމެރާ އަދި ކުރިމަތީގައި 24 މެގާޕިކްސެލްގެ ކެމެރާއެއް ހިމެނެއެވެ.

މި ފޯނުގެ އަގު އުޅޭނީ 2,000 ޑޮލަރުން މަތީގައެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން އެންމެ މަތީ ކެޕޭސިޓީގެ މޮޑެލްގެ އަގު 3,000 ޑޮލަރަށްވުރެ މައްޗަށް ދިއުން އެކަށީގެންވެއެވެ. މިއީ އެޕަލްއިން މިހާތަނަށް ނެރޭ އެންމެ އަގުބޮޑު ފޯނަށް ވެގެންދާނެއެވެ.

ފަތްޖަހާލެވޭ ފޯނުގެ އިތުރުން، އައިފޯނު 18 ޕްރޯ އަދި ޕްރޯ މެކްސްވެސް މިރޭ ދައްކާލާނެ ކަމަށް ބެލެވެއެވެ. މި މޮޑެލްތަކުގައިވެސް A20 Pro ޗިޕްސެޓް ހިމެނޭއިރު، ޑައިނާމިކް އައިލެންޑް ކުޑަކޮށް، ކެމެރާގެ އެޕަރޗަރ ބަދަލުކުރެވޭ ގޮތަށް އަޕްގްރޭޑް ކޮށްފައިވާނެއެވެ. އަދި އައު ކުލައެއްގެ ގޮތުގައި "ޑާކް ޗެރީ ރެޑް" ތައާރަފްކުރާނެ ކަމަށްވެއެވެ. އާދައިގެ އައިފޯނު 18 މޮޑެލް ނެރުން 2027 އަށް ފަސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި އިވެންޓް އެޕަލްގެ ރަސްމީ ވެބްސައިޓާއި، ޔޫޓިއުބް ޗެނަލް އަދި އެޕަލް ޓީވީ އެޕް މެދުވެރިކޮށް ހިލޭ ވަގުތުން ބަލާލެވޭނެއެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *