މަޝްހޫރު ޕައިލެޓް ޖަބަރީ ބްރައުންގެ ކުށެއް ނެތްކަން އެނގުމުން މިނިވަންވެއްޖެ

މަޝްހޫރު ޕައިލެޓް ޖަބަރީ ބްރައުންގެ ކުށެއް ނެތްކަން އެނގުމުން މިނިވަންވެއްޖެ

މިސްޓަ ބީސްޓްގެ ޖެޓު ޗެލެންޖު ކާމިޔާބުކުރި ޕައިލެޓު ޖަބަރީ ބްރައުން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރުމަށްފަހު ދޫކޮށްލައިފި

ޕެރަގުއޭގައި ހިނގި މަސްތުވާތަކެތި އެތެރެކުރުމުގެ ބޮޑު މައްސަލައެއްގައި، އިންޓަނެޓުގައި މަޝްހޫރު 'ކެޕްޓަން ޓްރީޒީ' ގެ ނަމުން މަޝްހޫރު ޒުވާން ޕައިލެޓް ޖަބަރީ ބްރައުން ހައްޔަރު ކުރުމަށްފަހު، އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތްކަން ކަށަވަރުވެ މިނިވަން ކޮށްފިއެވެ.

މި މައްސަލައަކީ ޕެރަގުއޭގެ ވެރިރަށް އަސުންސިއޮންގެ އެއާޕޯޓަށް ޖެއްސި ޕްރައިވެޓް ޖެޓަކުން 261.6 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައެކެވެ. މި މަސްތުވާތަކެތި ހުރީ މިއުޒިކް އިންސްޓްރޫމަންޓް ކޭސްތަކެއްގެ ގޮތަށް ހަދާފައިވާ ކޮތަޅު ތަކެއްގެ ތެރޭގައި ފޮރުވާފައެވެ. މި ހާދިސާއާ ގުޅިގެން ޖަބަރީ ބްރައުން ހައްޔަރު ކުރެވުނީ އޭނާ އެ ފްލައިޓުގެ ކޯ-ޕައިލެޓެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔުމުންނެވެ.

ނަމަވެސް، ޕެރަގުއޭގެ ކަމާބެހޭ ފަރާތްތަކުން ހިންގި ތަހުގީގަށްފަހު ހާމަކޮށްފައިވާ ގޮތުގައި، ޖަބަރީ ބްރައުންއަކީ މިކަމުގައި އެއްވެސް ގޮތަކަށް ބައިވެރިވެފައިވާ މީހެއް ނޫނެވެ. އޭނާ ވަނީ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދީފައެވެ.

ޖަބަރީ ބްރައުންއަކީ 2025 ވަނަ އަހަރު މަޝްހޫރު ޔޫޓިއުބާ 'މިސްޓަ ބީސްޓް' ކުރިއަށް ގެންދިޔަ ޕްރައިވެޓް ޖެޓު ޗެލެންޖު ކާމިޔާބުކޮށް، ދުނިޔޭގެ ސަމާލުކަން ހޯދި ޒުވާނެކެވެ. އޭނާ މިހާރު ވަނީ އޭނާގެ ސޯޝަލް މީޑިއާގައި މި ހިތްދަތި ތަޖުރިބާއާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *