އިންޑިއާގެ "ކޮކްރޯޗް ޖަންތާ ޕާޓީ" ވެބްސައިޓް ބަންދު ކޮށްފި

އިންޑިއާގެ "ކޮކްރޯޗް ޖަންތާ ޕާޓީ" ވެބްސައިޓް ބަންދު ކޮށްފި

އިންޑިއާގައި އުފެދުނު ސިޔާސީ ސަމާސާ ހަރަކާތެއް ކަމަށްވާ "ކޮކްރޯޗް ޖަންތާ ޕާޓީ" (CJP) ގެ ވެބްސައިޓު އިންޑިއާ ސަރުކާރުން ބަންދު ކޮށްފި ކަމަށް އެ ހަރަކާތުގެ ފައުންޑަރު އަބީޖީތު ދިޕްކޭ ތުހުމަތު ކޮށްފިއެވެ.

މި ހަރަކާތަކީ އިންޑިއާގެ ޗީފް ޖަސްޓިސް ސޫރިޔާ ކާން މި މަހުގެ ކުރީކޮޅު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ފެށި ހަރަކާތެކެވެ. ޗީފް ޖަސްޓިސް ވަނީ ވަޒީފާ ނެތް ޒުވާނުންނާ މުޚާތަބުކޮށް، އެމީހުންނަކީ "ކޮކްރޯޗް" ތަކެއް ފަދަ ބައެއް ކަމަށް ސިފަކުރައްވާފައެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެއީ ސައްހަ ނޫން ސެޓްފިކެޓް ހޯދާ މީހުންނަށް އަމާޒުކޮށް ދެއްކެވި ވާހަކައެއް ކަމަށް ބުނެ ސާފުކޮށްދީފައެވެ.

ބޮސްޓަން ޔުނިވާސިޓީގައި ކިޔަވަމުންދާ ދިޕްކޭ ބުނީ، އޭނާގެ ރަސްމީ ވެބްސައިޓުގެ އިތުރުން، އޭނާގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓާއި CJP ގެ އިންސްޓަގްރާމް އެކައުންޓްވެސް ހެކްކޮށްފައިވާ ކަމަށެވެ. އެ ހަރަކާތުގެ އިންސްޓަގްރާމް ޕޭޖަށް ހަފުތާއެއްގެ ތެރޭގައި 22 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ލިބިފައިވެއެވެ.

މި ހަރަކާތުން ދަނީ އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދްރަ ޕްރަދާން އިސްތިއުފާ ދިނުމަށް ގޮވާލައި، 600،000 މީހުންގެ ސޮޔާއެކު ޕެޓިޝަނެއް ހުށަހަޅާފައެވެ. މިއީ ސަރުކާރުން ހިންގި މެޑިކަލް އެންޓްރެންސް އިމްތިހާނުގެ ކަރުދާސް ލީކުވި މައްސަލައާ ގުޅިގެން އުފެދުނު ނުރުހުންތަކުގެ ތެރެއިން ކުރިއަށްދާ ކަމެކެވެ.

ދިޕްކޭ ބުނާ ގޮތުގައި، މި ހަރަކާތަށް ފާއިތުވި ހަފުތާގައި އެކަނިވެސް އެއް މިލިއަން މީހުން ވަނީ ގުޅިފައެވެ. އޭނާ ބުނީ "ވެރިކަމުގައި ތިބި މީހުންނަށް ރައްޔިތުންނަކީ ކޮކްރޯޗުންނާއި ޕެރަސައިޓުން ކަމަށް ހީވާ ކަމަށާއި، ނަމަވެސް ކޮކްރޯޗުން އާލާވަނީ ފީވެފައިވާ ތަންތަނުގައި ކަން އެމީހުން ދަންނަން ޖެހޭނެ" ކަމަށެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *