17 ލޯބިވެރިން އެއްފަހަރާ ހޮސްޕިޓަލަށް ދިއުމުން ފަޅާއެރި ފިރިހެނެއްގެ ވާހަކަ

17 ލޯބިވެރިން އެއްފަހަރާ ހޮސްޕިޓަލަށް ދިއުމުން ފަޅާއެރި ފިރިހެނެއްގެ ވާހަކަ

ޗައިނާގެ ހޫނާން ޕްރޮވިންސްގެ ވެރިރަށް ޗަންގްޝާގައި ދިރިއުޅޭ މި ފިރިހެން މީހާގެ ނަމަކަށް މީޑިއާތަކުގައި ބުނެފައިވަނީ ހަމައެކަނި "ޔުއާން" އެވެ. އޭނާއަކީ އެއްވެސް މަތީ ތައުލީމެއް ނެތް މީހެއް ނަމަވެސް، އޭނާ ވަނީ ސިވިލް އިންޖިނިއަރިންގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ، ކުންފުނިތަކުގައި ބޮޑެތި މަގާމުތައް އަދާކުރާ މުއްސަނދި މީހެއް ކަމަށް ދައްކައިގެން އަންހެނުން އޮޅުވާލާފައެވެ.

ޔުއާން އަށް ދިމާވި ކާރު އެކްސިޑެންޓެއްވެ، ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުނެވެ. ހޮސްޕިޓަލުން އޭނާގެ އާއިލާއަށް ގުޅުމުގެ ބަދަލުގައި، އޭނާގެ ފޯނުގައި ހުރި "އެމަޖެންސީ ކޮންޓެކްޓް" ތަކަށް ގުޅުމުން، ހޮސްޕިޓަލަށް 17 އަންހެނަކު އައެވެ. އެއިން ކޮންމެ އަންހެނަކުވެސް ހީކޮށްގެން ހުރީ އެއީ އެ މީހާގެ ހަމައެކަނި ލޯބިވެރިޔާ ނުވަތަ އަނބިމީހާ ކަމަށެވެ. އެމީހުންނަށް އެކަކު އަނެކަކު އެނގިފައި ނުވާތީ، ހޮސްޕިޓަލުގެ އެނދު ކައިރީގައި އެންމެން ބައްދަލުވުމުން ހިނގި ކަންތައްތައް ވެގެން ދިޔައީ ވަރަށް ހޫނު މައްސަލައަކަށެވެ.

މި އަންހެނުން އެކަކު އަނެކަކާ ވާހަކަ ދައްކައި، ޔުއާން އެމީހުންނަށް އޮޅުވާލާފައިވާ މިންވަރު އެނގުމުން އެމީހުން ވަނީ "ވިޗެޓް" ގްރޫޕެއް ހަދައި، އެމީހުންގެ ތަޖުރިބާތައް ހިއްސާކޮށްފައެވެ. ޔުއާން ވަނީ މި އަންހެނުންގެ އަތުން އެތައް ހާސް ރުފިޔާއެއް މަކަރާއި ހީލަތުން ހޯދާފައެވެ. އޭނާ އެމީހުންނާ މުއާމަލާތް ކުރީ އެކި ނަންނަމުގައެވެ.

މި އަންހެނުން އެކުވެގެން އޭނާގެ މައްސަލަ ފުލުހުންނަށް ހުށަހެޅިއެވެ. އޭނާގެ މައްޗަށް މަކަރާއި ހީލަތް ހެދިކަމުގެ ތުހުމަތުގައި ޖިނާއީ ދައުވާކޮށް، ފުލުހުން އޭނާ ހައްޔަރުކުރިއެވެ.

މި ހާދިސާ އޭރު ޗައިނާގެ އިތުރުން މުޅި ދުނިޔޭގައިވެސް ވަރަށް ބޮޑަށް ވައިރަލްވިއެވެ. މި ވާހަކައަކީ ހަގީގަތުގައިވެސް ހިނގާފައިވާ، އޭރުގެ ބޮޑެތި ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ހާދިސާއެކެވެ. މިއީ 2025 ވަނަ އަހަރު ގިނގި ހާދިސާއެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *