މިސްޓަރ ބީންގެ ނަމުން ދުނިޔެއަށް މަޝްހޫރުވެފައިވާ އިނގިރޭސި އެކްޓަރު ރޯވަން އެޓްކިންސަން، ޣައްޒާގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
ދުނިޔޭގެ އެންމެ މަގުބޫލު އެއް ކޮމެޑީ ކެރެކްޓަރ "މިސްޓަރ ބީން" ގެ ރޯލުން ފެނިގެންދާ ރޯވަން އެޓްކިންސަން، އިނގިރޭސިވިލާތުގެ ޚާރިޖީ ސިޔާސަތާ މެދު މިވަނީ ވަރަށް ހަރުކަށި އިބާރާތުން ވާހަކަ ދައްކާފައެވެ. އޭނާ ފާޅުކުރި ޚިޔާލުތަކުގެ ސަބަބުން ސިޔާސީ މަސްރަޙުގައި މިހާރު ވަނީ ވަރުގަދަ ބަހުސެއް ފެށިފައެވެ.
ޣައްޒާގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދާކުރާ ދައުރާމެދު އިންތިހާއަށް ލަދުގަންނަ ކަމަށް މިސްޓަރ ބީން ބުންޏެވެ.
މިލިއަނަކަށްވުރެ ގިނަ މީހުންނަށް ބޭނުންވާ ފެނާއި، ބޭސް އަދި ކާބޯތަކެތި ފޯރުކޮށްދިނުމަށް ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަ ކުރިއެވެ. މިއީ އިންސާނިއްޔަތާ ޚިލާފު އަމަލެއްގެ ގޮތުގައި ސިފަކޮށް، ސަރުކާރުން މިކަމުގައި ގެންގުޅޭ "ހަނުހުރުމުގެ" ސިޔާސަތަށް އޭނާ ވަނީ ފާޑުކިޔާފައެވެ.
ރޯވަން އެޓްކިންސަން ފަދަ ދުނިޔޭގެ ފެންވަރުގެ ނުފޫޒުގަދަ ޝަޚްސިއްޔަތަކު މިފަދަ މޭރުމަކުން ވާހަކަ ދެއްކުމަކީ، އިނގިރޭސި ސަރުކާރަށް ބައިނަލްއަޤުވާމީ ގޮތުން ކުރިމަތިވަމުންދާ ފިއްތުންތައް އިތުރު ވެގެންދާނެ ކަމެކެވެ. މިއީ ހަމައެކަނި އެކްޓަރެއްގެ ޚިޔާލެއްގެ އިތުރުން، އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ގިނަ ބައެއްގެ އަޑު ކަމުގައި ގިނަ ބަޔަކު ޤަބޫލު ކުރެއެވެ





