ބަނގްލަދޭޝްގެ ޒަމާނީ ބޭސްވެރިކަމުގެ ދާއިރާގައި، ޕްރޮފެސަރ ޑރ. މުޙައްމަދު ކަމްރުލް އިސްލާމަކީ ވަރަށް އިޙްތިރާމް ލިބިގެންވާ އަދި އުންމީދީ ނަމެކެވެ. އޭނާއަކީ ކާމިޔާބު ގުރުދާ (ކިޑްނީ) ބަދަލު ކުރުމުގެ 1,500 އަށްވުރެ ގިނަ އޮޕަރޭޝަން ކޮށްދެއްވާފައިވާ، އިންސާނިއްޔަތަށް ލޯބިކުރާ މަޝްހޫރު ސާޖަނެކެވެ.
ޑރ. ކަމްރުލް އުފަންވީ ބަނގްލަދޭޝްގެ ޕަބްނާ އަށެވެ. އޭނާގެ ތަޢުލީމީ ޙަޔާތަކީ ވަރަށް ކާމިޔާބު ޙަޔާތެކެވެ. އޭނާ ކިޔަވައިވިދާޅުވީ ޑާކާ މެޑިކަލް ކޮލެޖުގައެވެ. އެމް.ބީ.ބީ.އެސް ފުރިހަމަ ކުރެއްވިއިރު، މުޅި ބަނގްލަދޭޝްގެ ހުރިހާ މެޑިކަލް ކޮލެޖަކުން އެއްވަނަ ހޯއްދަވައިގެން ރަން މެޑަލް ހާސިލް ކުރެއްވިއެވެ.
1995 ވަނަ އަހަރު FCPS (ސާޖަރީ) ހާސިލް ކުރެއްވިއެވެ. އަދި 2003 ވަނަ އަހަރު ޔޫކޭގެ ރޯޔަލް ކޮލެޖް އޮފް ސާޖަންސް އިން އެފް.އާރް.ސީ.އެސް (FRCS) ހާސިލްކުރެއްވިއެވެ.
ޑރ. ކަމްރުލް އޭނާގެ މަސައްކަތް ފެއްޓެވީ 1993 ވަނަ އަހަރު ބަންގްލަދޭޝްގެ ސަރުކާރުގެ ޞިއްޙީ ދާއިރާއިންނެވެ. ނަމަވެސް، އާންމު ރައްޔިތުންނަށް ހެޔޮ އަގުގައި ގުރުދާ ބަދަލު ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި 2011 ވަނަ އަހަރު ސަރުކާރު ވަޒީފާއިން ވަކިވެވަޑައިގަތެވެ.
2014 ވަނަ އަހަރު، އޭނާ ވަނީ "ސެންޓަރ ފޯ ކިޑްނީ ޑިޒީޒަސް އެންޑް ޔުރޮލޮޖީ" (CKDU) ގެ ނަމުގައި އަމިއްލަ ހޮސްޕިޓަލެއް އުފައްދަވާފައެވެ.
ޑރ. ކަމްރުލް ފާހަގަކުރެވެނީ ހަމައެކަނި މޮޅު ސާޖަނެއްގެ ގޮތުގައެއް ނޫނެވެ. އޭނާގެ ޚިދުމަތުގެ އަގުހުރި ސިފަތަކަކީ:
އޮޕަރޭޝަންގެ އަދަދު: 2023 ވަނަ އަހަރާ ހަމައަށް އޭނާ ވަނީ 1,500 އަށްވުރެ ގިނަ ކިޑްނީ ޓްރާންސްޕްލާންޓް ކާމިޔާބުކަމާއެކު ނިންމަވާފައެވެ.
ހެޔޮ އަގު: އެހެން ގައުމުތަކުގައި ނުވަތަ ބޮޑެތި ޕްރައިވެޓް ހޮސްޕިޓަލްތަކުގައި މި އޮޕަރޭޝަނަށް ބޮޑު ހޭދައެއް ހިނގާއިރު، އޭނާގެ ހޮސްޕިޓަލުގައި މިކަން ކޮށްދެނީ ގާތްގަނޑަކަށް 210,000 ބަނގްލަދޭޝް ޓާކާ (ގާތްގަނޑަކަށް 1,800–1,900 ޑޮލަރު) އަށެވެ.
ވޭތުވެދިޔަ 10 އަހަރަށްވުރެ ގިނަ ދުވަހު، އޮޕަރޭޝަން ކުރުމަށް އޭނާ އަމިއްލައަށް އެއްވެސް ފީއެއް ނުނަންގަވައެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ގިނަ ހޮސްޕިޓަލްތަކުން އޮޕަރޭޝަންތައް ހުއްޓާލާފައި އޮތްއިރުވެސް، އޭނާ ވަނީ 255 އޮޕަރޭޝަން ކުރައްވައި ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކޮށްދެއްވާފައެވެ.
"އަހަރެންނަށް މީހެއްގެ ފުރާނަ ސަލާމަތްކޮށްދެވި، އެ މީހާގެ އާއިލާ އިޤްތިޞާދީ އަނދަވަޅަކުން ސަލާމަތް ކޮށްދެވިއްޖެ ނަމަ، އެއީ އަހަރެންނަށް ލިބޭނެ އެންމެ ބޮޑު އުފަލެވެ." ޑރ. ކަމްރުލްގެ ވިދާޅުވިއެވެ.
އިންސާނިއްޔަތަށް ކޮށްދެއްވާ މަތިވެރި ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، 2022 ވަނަ އަހަރު ބަނގްލަދޭޝް ސަރުކާރުން ވަނީ އެ ގައުމުގެ އެންމެ މަތީ މަދަނީ ޝަރަފު ކަމަށްވާ "އިންޑިޕެންޑެންސް އެވޯޑް" (މިނިވަންކަމުގެ އިނާމު) އޭނާއަށް އަރުވާފައެވެ.
އޭނާގެ އިރުޝާދުގެ ދަށުން ހިންގާ ހޮސްޕިޓަލުގެ ކާމިޔާބީގެ ރޭޓަކީ ގާތްގަނޑަކަށް 95% އެވެ. މިއީ ބައިނަލްއަގުވާމީ ފެންވަރުގެ ކާމިޔާބީއެކެވެ. އަދި އޮޕަރޭޝަނަށްފަހު ބަލިމީހުންނަށް ދޭންޖެހޭ ފަރުވާތަކާއި ޓެސްޓުތައްވެސް އެތައް މަހެއް ވަންދެން ހިލޭ ކޮށްދެއެވެ.
ޑރ. ކަމްރުލް އިސްލާމަކީ ބަންގްލަދޭޝްގެ އާ ޖީލުގެ ޑޮކްޓަރުންނަށް ހުރި ނަމޫނާއެކެވެ. އޭނާ ސާބިތު ކޮށްދެއްވީ ބޭސްވެރިކަމުގެ މޮޅު ހުނަރާއެކު އޯގާތެރިކަން އިސްކޮށްގެން އާންމުންނަށް ޚިދުމަތް ކުރެވިދާނެ ކަމެވެ.





