އަކްރަމްގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލަ ކޯޓަށް ވައްދައިފި

އަކްރަމްގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލަ ކޯޓަށް ވައްދައިފި

ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ހައިކޯޓަށް ހުށަހަޅަަައިފި އެވެ.

އަކްރަމްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެދިގެންނެވެ. އޭސީސީން އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓުމަށް އެދުނީ ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ 4،000 ފްލެޓު ދޫކުރި ގޮތާގުޅޭ ގޮތުން އެ ކޮމިޝަނުން ކުރިއަށް ގެންދިޔަ ތަހުގީގާ ގުޅިގެންނެވެ. އޭސީސީން ވަނީ އެ ތަހުގީގުގެ ތެރެއިން އަކްރަމް ދިރިއުޅޭ ގެވެސް ބަލައި ފާސްކޮށްފައެވެ.

ޕާސްޕޯޓް ހިފެހެއްޓި މައްސަލަ އިސްތިއުނާފު ކުރަމުން އަކްރަމްގެ ފާހަަގަ ކުރައްވާފައިވާ ގޮތުގައި, ކްރިމިނަލް ކޯޓުގެ އަމުރަކީ ޝަރުއީ އުސޫލުތަކާ ޚިލާފަށް ނެރެފައިވާ އަމުރެކެވެ. އަދި މީގެ ދަށުން ގިނަ ނުކުތާ ތަކެއް އޭނާގެ އިސްތިއުނާފުގައި ބަޔާން ކޮށްފައިވެއެވެ.

އެ ގޮތުން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އޭނާ އޭސީސީއަށް އެއްބާރުލުން ދެމުން ގެންދާކަމަށް އަކްރަމް ވިދާޅުވި އެވެ. އަދި މިދިޔަ އަހަރުގެ ޖެނުއަރީގައި އޭނާއާ ސުވާލުކުރި ފަހުން, ޕާސްޕޯޓު ހިފެހެއްޓުމާ ހަމައަށްވެސް އިތުރު ސުވާލެއް ކޮށްފައި ނުވާކަަމަށް އަކްރަމް ވަނީ ވިދާޅުވެފަ އެވެ.

އޭނާއަކީ މިހާރުވެސް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ސިޔާސީ ގޮތުން ޖަވާބުދާރީ ވަމުންދާ މީހެއް ކަމާއި މީގެކުރިންވެސް ފިލައިގެން ގޮސްފައި ނުވާކަމަށެވެ. އަދި މައްސަލައާއި ގުޅިގެން އެކަށީގެންވާ ވަރުގެ ހެއްކެއް ލިބިފައި ނުވާ ކަމަށްވެސް ފާހަގަ ކޮށްފައިވެއެވެ.

އަކްރަމްގެ ފަރާތުން އެދިފައި ވަނީ އެ އަމުރަކީ ގައިރު ގާނޫނީ އަމުރެއް ކަމަށް ކަނޑައަޅައިދީ އެ އަމުރު ބާތިލުކޮށް ދިނުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *