އެފްއެސްއެމްގެ ތެޔޮ ބޯޓެއް ގއ. ނިލަންދޫ ފަރަށް އަރައިފިއެވެ.
އެ ރަށުން މައުލޫމާތުދިން މީހަކު ބުނީ އެފްއެސްއެމްގެ ބޯޓު ފަރަށް އެރިކަން އެނގުނީ ހެނދުނު އާންމު މީހަކަށް ފެނިގެން ކަމަށެވެ. ބޯޓު ފަރަށް އަރައިފައިވަނިކޮށް ފެނުނު ފަރާތުން އެކަން ވަނީ ކައުންސިލަށް އަންގާފައި ކަމަށެވެ. އަދި މިހާރު ވަނީ ބޯޓު ފަރަށް އަރައިގެން އުޅޭކަން ފުލުހުންނާއި އެމްއެންޑީއެފްއަށް އަންގައި ކަމަށެވެ.
ފަރަށް އެރި އެ ބޯޓަކީ އަތޮޅު ތެރޭގައި ރަށްތަކަށް ތެޔޮ ހިފައިގެން ދަތުރުކުރާ ބޯޓެކެވެ.