މަޖިލިސް މެންބަރުންގެ ސަޔާއި ކެއުމާބެހޭ ގޮތުން ބޭއްވި ބައްދަލުވުން ސިއްރު ކޮށްފި

މަޖިލިސް މެންބަރުންގެ ސަޔާއި ކެއުމާބެހޭ ގޮތުން ބޭއްވި ބައްދަލުވުން ސިއްރު ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތަކުގެ އިތުރުން ހަފްލާތަކަށް ގެންނަ ސަޔާއި ކެއުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.

މި ބައްދަލުވުމުގައި މެންބަރުންގެ ކެއުމާއި ސައި ބަހައްޓަން ޖެހޭނީ މަޖިލިސް މުވައްޒަފުންނާ ތަފާތު ކޮށްތޯ، ސުވާލު ކުރެއްވުމަށްފަހު، ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން ހުށަހެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީއެވެ. ތާއީދު ކުރެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން އިމްރާން ލަތީފެވެ. އެއަށްފަހު ކޮމިޓީ ސިއްރު ކުރަން ފާސް ކުރިއެވެ.

މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައި ވަނީ މެންބަރުންގެ ކެއުމަށް ކޮންމެ މެންބަރަކަށް ދުވާލަކު 159.87 ރުފިޔާ ޚަރަދުވާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *