ޝަހީބުގެ ބަދަލުގައި އިންޑިޔާ ސަފީރު ކަމަށް އާޒީމާ އައްޔަން ކުރަނީ

ޝަހީބުގެ ބަދަލުގައި އިންޑިޔާ ސަފީރު ކަމަށް އާޒީމާ އައްޔަން ކުރަނީ

ރާއްޖޭގެ ފަރާތުން އިންޑިޔާއަށް ކަނޑާއަޅުއްވާފައިވާ ސަފީރު އިބްރާހީމް ޝަހީބުގެ ބަދަލުގައި އެމަގާމަށް އާ ސަފީރަކަށް އައިޝަތު އާޒީމާގެ ނަން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވައިފިއެވެ.

އިންޑިޔާގައި ހުންނަވާ ސަފީރު ކަމަށް ޝަހީބު އައްޔަން ކުރެއްވީ ކުރީގެ ރައީސް އިބްރާހީމް މުޙަންމަދު ސޯލިހުގެ ވެރިކަމުގައެވެ. އެއީ 10 އޮކްޓޯބަރު 2022 ވަނަ އަހަރުއެވެ. ޝަހީބަކީ ފޮރިން މިނިސްޓްރީގައި ގިނަ އަހަރު ތަކަކު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ސިންގަޕޫރުގެ ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީއިން މާސްޓާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ޙާސިލް ކުރައްވައިގެން ހުންނެވި ޝަހީބު ވަނީ ފޮރިން މިނިސްޓްރީގެ މިނިސްޓްރީ ޗީފް ޕްރޮޓޮކޯލްގެ މަޤާމާއި، އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމުވެސް އަދާކުރައްވާފައެވެ.

ޝަހީބުގެ ބަދަލުގައި އިންޑިޔާއަށް ކަނޑައަޅުއްވާ ސަފީރު ކަމަށް އައްޔަން ކުރުމަށް ސަރުކާރުން ނިންމާފައިވާ އާޒިމާކީވެސް ޚާރިޖީ ދާއިރާގެ ތަޖުރިބާ ހުންނެވި ފަރާތެކެވެ. ކުރީގެ ރައީސް އިބްރާހީމް މުޙަންމަދު ސޯލިހުގެ ސަރުކާރުގައި އާޒިމާ ވަނީ ޗައިނާގައި ހުންނަވާ ދިވެހި ސަފީރުކަން ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *