ތިން ވަޒީރަކަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފި

ތިން ވަޒީރަކަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފި

ސަރުކާރުގެ ތިން ވަޒީރަކަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސް ޑރ. މުޙަންމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން ރުހުން ހޯދަން ފޮނުއްވި ތިން ވަޒީރުންނަކީ ދާދިފަހުން ވަޒީރުކަން ބަދަލު ކުރެއްވި ތިން ބޭފުޅުން ކަމަށްވާ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރާއި، ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް އަދި ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމެވެ.

މި ތިން ވަޒީރުންގެ ތެރެއިން ޒަމީރު ކުރިން ހުންނެވީ ފޮރިން މިނިސްޓްރަކަށެވެ. ޚަލީލު ހުންނެވީ ހެލްތް މިނިސްޓަރަކަށެވެ. ނާޒިމް ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރަކަށެވެ.

މިއީ ރައީސް ޑރ. މުޙަންމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގެ މެމްބަރުން މިހާތަނަށް ބަދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *