ބަރަހަނާ މަންޒަރު ދައުރު ކުރަމުންދިޔަ 571 ޓެލެގްރާމް ޗެނަލެއް ބަންދުކޮށް، 3 މީހަކު ހައްޔަރަށް

ބަރަހަނާ މަންޒަރު ދައުރު ކުރަމުންދިޔަ 571 ޓެލެގްރާމް ޗެނަލެއް ބަންދުކޮށް، 3 މީހަކު ހައްޔަރަށް

ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ވިއްކަމުން ދިޔަ 571 ޓެލެގްރާމް ޗެނަލެއް ބަންދުކޮށް ތިން މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ޓެލެގްރާމުގައި ގިނަ އަދަދެއްގެ ޗެނަލް ކްރިއޭޓްކޮށް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ، އެ ޗެނަލްތައް މެދުވެރިކޮށް ޕޯސްޓުކޮށް ވިޔަފާރީގެ އުސޫލުން މާލީ މަންފާ ހޯދަމުންގެންދާ މައްސަލައާ ގުޅިގެން ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ދަށުން ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާއި ގުޅިގެން ހައްޔަރު ކުރީ އދ. މަހިބަދޫ/ ބަހާރުގެ، ޒުބައިރު އަލީ (45އ) އާއި ކ. މާލެ/ދަފްތަރު ނަންބަރު ރސ14751 ނާސިފް އަލީ (46އ) އަދި ކ. ކާށިދޫ/ސިލިންކޯ، އިސްމާއީލް ރަބީހް (29އ)އެވެ. ޒުބައިރާއި ނާސިފް ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހެވެ. ރަބީހު ހައްޔަރުކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހެވެ.

އެގޮތުން ނާސިފާއި ރަބީހަށް މި މަހުގެ ފަސްވަނަ ދުވަހު 15 ދުވަހުގެ ބަންދު މުއްދަތެއް ވަނީ ޖަހައިފައެވެ. އަދި ޒުބައިރަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިފައެވެ.

ފުލުހުން ބުނީ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ހިމެނޭ ޗެނަލްތަކުގައި ރާއްޖޭގެ އަންހެނުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ 241،651 ފޮޓޯ އާއި 86،618 ވީޑިޔޯ ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯ އާއި ވީޑިއޯ ހިމެނޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ ތަހުގީގުން ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ޕޯސްޓުކުރުމަށް 43 ޗެނަލް ހިންގާފައިވާކަން ވެސް އެނގިފައިވާ ކަމަށެވެ. އަދި އެ ޗެނަލްތަކަށް ވަދެ ފައިސާ ދައްކައިގެން 3،468 މީހުން ޗެނަލް ތަކަށް ސަބްސް ކްރައިމް ކޮށްފައިވާ ކަމަށާއި އަދި އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުން ސަބްސްކްރިޕްޝަން ފީގެ ގޮތުގައި ދެ މިލިޔަނެއްހާ ރުފިޔާ އާމްދަނީއެއް ހޯދާފައިވާކަންވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ތިން މީހުން ހައްޔަރުކޮށް މައްސަލައާ ގުޅުން ހުރި ޑިޖިޓަލް އިލެކްޓްރޯނިކް 14 އާލާތް ބަލައި ފާސްކުރި ކަމަށާއި އަދި އެ ތިން މީހުންގެ ނަމުގައި ހަދާފައިވާ ޓެލެގްރާމް 9 އެކައުންޓު ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ސީޒް ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ

ފުލުހުން ބުނީ، 3 ލައްކައަށްވުރެ ގިނަ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ، މަންޒަރު ބަލަން ދެ މިލިއަން ރުފިޔާ ދެއްކި ބަރަހަނާ މަންޒަރު ވިއްކާ ޓެލެގްރާމްގެ ޗެނަލް ތަކުގައި އަންހެނުންގެ 300،000 އަށްވުރެ ގިނަ ފޮޓޯ އާއި ވީޑިޔޯ ހުރި ކަމަށާއި އެ މަންޒަރުތައް ބަލަން 2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *