މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ދިވެހިރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަރިސް ކުރައްވައިފިއެވެ.

އެމަނިކުފާނު މިނިވަން ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ އަރިސް ކުރައްވާފައި ވަނީ މިއަދު މީސް މީޑިޔާ މެދުވެރި ކުރައްވައި ޙިއްޞާ ކުރެއްވި ޕޯސްޓެއްގައެވެ.

ދިވެހިރާއްޖޭގެ މިނިވަންދުވަހާއި ގުޅިގެން ކުރެއްވި މި ޕޯސްޓުގައި އެމަނިކުފާނު ވަނީ މިނިވަން ކަމުގެ މަތިވެރި ނިޢުމަތް އަބަދުމެ ދެމެހެއްޓެވުމަށް އެދިވަޑައިގެން ދުޢާ ދަންނަވާފައެވެ.

މިއަދު ދިވެހިރާއްޖޭގައި ފާހަގަ ކުރަމުން ދަނީ ޤައުމުގެ މިނިވަން ކަމަށް 59 އަހަރު ފުރުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *