މަޖިލީހުގެ ބިއުރޯ ޗީފަކަށް ނިހާން ހަމަޖައްސައިފި

މަޖިލީހުގެ ބިއުރޯ ޗީފަކަށް ނިހާން ހަމަޖައްސައިފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު އައްޔަން ކޮށްފިއެވެ.

ރައްޔިތުނއްގެ މަޖިލީހުގެ އިދާރާއިން ބުނީ އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ކަމަށެވެ. ނިހާން އައްޔަނު ކުރައްވާފައި ވަނީ ޕާލަމެންޓަރީ ސަރވިސް ޤަވާއިދުގެ ދަށުން މަޖިލީހުގެ ރައީސްގެ މަސައްކަތްޕުޅަށް އެހީތެރިވުމުގެ ގޮތުން ކަމަށްވެސް ބުނެފައިވެއެވެ.

ނިހާންގެ ކުރިން ބިއުރޯ ޗީފަކަށް ހުންނެވީ ފާތިމަތު މުޙައްމަދު ސޯލިހްއެވެ. ނިހާން ވަނީ އިއްޔެ ވަޒީފާއަށް ނިކުންނަވަން ފައްޓަވާފައެވެ. ނިހާން މި މަގާމަށް އައްޔަން ކުރައްވާފައި ވާއިރު، ރިޝްވަތުގެ ހަތަރު ދައުވާ އަކާއި މަނީ ލޯންޑްރިންގެ ދައުވާއެއް ދައުލަތުން އޭނާގެ މައްޗަށް ވަނީ އުފުލާފައެވެ. އަދި އެ މައްސަލަ ތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދެއެވެ.

ނިހާންގެ މައްޗަށް އެދައުވާތައް ކުރަނީ އޭނާ މަޖިލިސް މެމްބަރަކަށް ހުންނެވިއިރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރި ވެގެން ގިނަ އަދަދެއްގެ ފައިސާ އާއި ރޮލެކްސް ގަޑިއެއް ހޯއްދެވި ކަމަށް ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *