މާލޭގެ މަގަކަށް ފަލަސްތީނާ ގުޅުވައި ނަމެއް ކިޔަން ފާސް ކޮށްފި

މާލޭގެ މަގަކަށް ފަލަސްތީނާ ގުޅުވައި ނަމެއް ކިޔަން ފާސް ކޮށްފި

މާލޭ ސިޓީގެ މަގަކަށް ފަލަސްތީނާއި ގުޅުވއިގެން ނަމެއް ދިނުމަށް މާލެ ސިޓީ ކައުންސިލުން ފާސް ކޮށްފިއެވެ.

އެގޮތަށް ހުށަހަޅުއްވާފައި ވަނީ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި މޭޔަރު އާދަމް އާޒިމްއެވެ. އާޒިމް ވިދާޅުވީ މާލޭގައި ނަން ނުކިޔާ އޮތް ދެމަގެއް އެބައޮތް ކަމަށެވެ. ފަލަސްތީނަކީ ދިވެހިންގެ ހިތާއި ގުޅިފައިވާ ތަނެއް ކަމަށާއި އެހެން ކަމުން ދެ މަގުން ކުރެ އެއް މަގަށް ފަލަސްތީނުގެ ނަމުން ނަން ދިނުމާ ގުޅޭ ގޮތުން ކައުންސިލްގެ އެހެން މެންބަރުންގެ ޚިޔާލަށް އާޒިމް ވަނީ އައްސަވާފައެވެ.

"ނަން ނުކިޔާ ދެ މަގެއް އޮތް ކަމަށް މައުލޫމާތު ލިބެނީ. އެ ތަނުން މަގެއް ނޫނީ އެހެން މަގަކަށް ނަމަވެސް، ފަލަސްތީނަކީ އަޅުގަނޑުމެންގެ ހިތާ ވަރަށް ގުޅިފައި ހުރި ތަނެއް. އެހެންވީމަ އަޅުގަނޑުމެންގެ މަގަކަށް ފަލަސްތީނު ހިނގުން ނަމަވެސް ކިޔުން ކިހިނެއްތޯ ފެނިވަޑައިގަންނަވަނީ؟" އާޒިމް ވިދާޅުވިއެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެއް މެމްބަރު ފިޔަވައި އެހެން ހުރިހާ މެމްބަރުން ވަނީ މަގަކަށް ފަލަސްތީނުގެ ނަމުން ނަން ދޭން ތާއީދުކުރާ ކަމަށް ވޯޓު ދެއްވާފައެވެ.

ހުށަހެޅުއްވުން ފާސްވުމާއި ގުޅިގެން އާޒިމް ވިދާޅުވީ މަގަށް ކިޔާނެ ސީދާ ނަމާއި ހުރިހާ ތަފްސީލެއް މެމްބަރުންނާ ހިއްސާ ކުރާނެ ކަމަށާއި، އެ މަގު ހުޅުވުމަށް ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. އެއްމަގަށް ކިޔާ ފަލަސްތީނު. ދެން އޮތްމަގަށް ކިޔާ ގާޒާ. ދެން މަޖީދީމަގުގެ ނަން ބަދަލުކުރޭ އިޒްރޭލަށް. އަސްލު ރާއްޖެއަކު ނޫޅޭ ފަލަސްތީނަށް ހެޔޮއެދޭ މީހުންނެއް. ކަންދައްކަން އުޅެނީ. ދެން މިކޮމެންޓް ނުޖަހާނީކީނޫން. ހެޔޮ ނުޖެހިޔަސް. ގައިމު އިންނާނީ ކޮމެންޓް ކުރެވިފަނު

Leave a Reply

Your email address will not be published. Required fields are marked *