ޕާކިސްތާނާއި އަފްގާނިސްތާނުގައި ފެންބޮޑުވެ ގިނަބަޔަކު މަރުވެއްޖެ

ޕާކިސްތާނާއި އަފްގާނިސްތާނުގައި ފެންބޮޑުވެ ގިނަބަޔަކު މަރުވެއްޖެ

ޕާކިސްތަނަށާއި އަފްގާނިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 100 މީހުން މަރުވެއްޖެއެވެ.

އިއްޔެކުރި ވިއްސާރައިގައި ޕާކިސްތާނުގައި އެންމެ ބޮޑަށް ފެން ބޮޑުވެފައި ވަނީ ހައިބަރް ޕަހްތުންހާ ސަރަހައްދުގައެވެ. އެ ސަރަޙައްދުގައި ފެންބޮޑުވުގެ ސަބަބުން 50 މީހުން ވަނީ މަރުވެފައެވެ. އަފްގާނިސްތާނުން ވެސް 50 ވަނީ މަރުވެފައެވެ.

ފެންބޮޑުވުމުގެ ސަބަބުން ހައިބަރް ޕަހްތުންހާ ސަރަހައްދުގެ ބައެއް ހިސާބުތަކުގައި ބިންގަނޑު ކެނޑި, ކިސަޑު ފައިބައިފައިވެއެވެ. އަދި, ގިނަ އަދަދެއްގެ ގެތަކެއް ވަނީ ވެއްޓިފައެވެ. ގެތައް ވެއްޓި, ބޮޑެތި ގެއްލުން ތަކެއް ލިބުނެވެ. މީގެއިތުރުން ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދާއި ބަލޫޗިސްތާނުގައި ވަނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވެފައެވެ. އެ ދެ ސިޓީގައި ފެން ބޮޑުވުމުގެ ސަބަބުން ގިނަ އަދަދެއް މީހުން ވަނީ ޒަރޫރީ ތަކެއްޗަށް ބޭނުން ޖެހިފައެވެ. ފެންބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގެ ހުޅަނގު ދެކުނުގައިވާ ސަރަހައްދު ތަކުގައި ވަނީ ކުއްލި ހާލަތު އިއުލާނު ކޮށްފައެވެ.

އަފްގާނިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން 50 މީހުން މަރުވިއިރު 36 މީހަކަށް ވަނީ އަނިޔާވެފައެވެ. އަދި 600 އަށްވުރެ ގެ ވަނީ ވެއްޓިފައެވެ. ފެންބޮޑުވުމާ ގުޅިގެން އެ ގައުމުން ހާލުގައި ޖެހިފައިވާ 23,000 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ތާލިބާނުން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *