އިޒްރޭލުން އިރާނާ ދެކޮޅަށް ދޭ ހަމަލާގައި ބައިވެރި ނުވާން އެމެރިކާ ނިންމައިފި

އިޒްރޭލުން އިރާނާ ދެކޮޅަށް ދޭ ހަމަލާގައި ބައިވެރި ނުވާން އެމެރިކާ ނިންމައިފި

އިޒްރޭލުން އިރާނާ ދެކޮޅަށް ދޭ ހަމަލާގައި ބައިވެރި ނުވާނެ ކަމަށް އެމެރިކާއިން ބުނެފިއެވެ.

މިމަހުގެ 13 ވަނަ ދުވަހު އިރާނުން ވަނީ އިޒްރޭލަށް 300 ޑްރޯން ބޭނުން ކޮށްގެން ހަމަލާދީފައެވެ. އޭގެތެރެއިން ގިނަ ޑްރޯންތަކެއް އިޒްރޭލުން ވަނީ ވައްޓާލައިފައެވެ.

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އިރާނުން ދިން ހަމަލާގެ ރައްދު ހަމަލާ އިޒްރޭލުން ދޭއިރު ވަރަށް ބޮޑަށް ވިސްނަަައިގެން އެ ހަމަލާ ދިނުމަށް ރައީސް ޖޯ ބަައިޑެއް އެދިވަޑަައިގަންނަވާ ކަމަށެވެ.

“އިޒްރޭލުގައި ހުންނާނެ އިރާނަށް ހަމަލާ ދިނުމުގެ ގާބިލުކަން އެހެން ގައުމެއްގެ އެހީއާ ނުލާ. އެމެރިކާއިން ބައިވެރިނުވާނެ ހަމަލާ ދިނުމުގައި” އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ އިރާނަށް ހަމަލާ ދޭއިރު ލާޖް ސްކޭލްގަަައި ހަމަލާ ނުދިނުމަށް ބައިޑެން އިލްތިމާސް ކުރައްވާ ކަމަށެވެ. އިޒްރޭލުން މަސައްކަތް ކުރަންވާނީ އިރާނާއެކު ހަނގުރާމައެއް ކުރަން ނުޖެހޭ ގޮތަށް ވަރަށް ވިސްނައިގެން ކަމަށެވެ.

“ޑިމްލޮމެޓިކް ޗެނަލް މެދުވެރިކޮށް އިޒްރޭލަށް މި މެސެޖު ވަނީ ދީފަ” އޮފިޝަލް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *